28 ޖުލައި 2023
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ އަދަދެއްގެ ކުޑަ ކުދިން އެޑްމިޓްކޮށް ހޮސްޕިޓަލްތައް ފުރިއްޖެ އެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ އަދަދެއްގެ ކުޑަ ކުދިން އެޑްމިޓްކޮށް ހޮސްޕިޓަލްތައް ފުރިއްޖެ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ ގިނަ އަދަދެއްގެ ކުދިން ހޮޑުލާ ބޭރަށް ހިންގާތީ ރޭ ފަތިހު 5:00 އިން ފެށިގެން ޑޮކްޓަރަށް ދައްކަން އަންނަން ފަށާފައިވާ ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް އަންނަނީ ހާލު ދެރަވެގެން ފަރުވާ ހޯދަމުންނެވެ.
އޭޑީކޭގެ އީއާރުގައި ގިނަ އަދަދެއްގެ ކުޑަ ކުދިން
މި ވަގުތާ ހަމައަށް އީއާރު ފުރިފައިވާ ކަމަށާއި އިތުރަށް ފަރުވާ ދިނުމަށް އެހެން އިންތިޒާމްތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށް އަފްއާލް ވިދާޅުވި އެވެ.
"އަދި ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތެއް ނުލިބޭ. ހުރިހާ ކުދިން ވެސް ހަމަ ހޮޑުލާ ބޭރަށް ހިންގަނީ،" އަފްއާލް ވިދާޅުވި އެވެ.
ކުދިންތަކެއް ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލްގައި.
އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗާއި ސެނަހިޔާގައި ވެސް ގިނަ އަދަދެއްގެ ކުޑަ ކުދިން އެބަތިއްބެވެ. އަދި އެ ހޮސްޕިޓަލްތަކުގެ އީއާރު ވެސް ވަނީ ފުރިފަ އެވެ.
ބޭރަށް ހިންގުމުން ރައްކާތެރި ވުމަށްޓަކައި ދުރާލާ ކުރެވިދާނެ ކަންތައްތައް އެނގުން ވަރަށް މުހިންމު.
— Health Protection Agency (@HPA_MV) July 20, 2023
ބޭރަށް ހިންގުމުގެ އަލާމާތެއް ފެނިއްޖެނަމަ ކުރެވިދާނެ ކަންތައް ދެނެގަންނަމާ! pic.twitter.com/5op2gG1wmf
ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން މިދިޔަ ހަފުތާގައި އެޗްޕީއޭ އިން އިރުޝާދުދީފައި.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބޭރަށް ބޭރަށް ހިންގުމާއި ހޮޑުލުން ކުއްލިއަކަށް ގިނަވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ލިއެފައިވާ ގޮތުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރޭތާ 3-4 ދުވަސް ވެއްޖެ އެވެ.
މި ރޯގާ ޖެހޭ މީހުން އިތުރުވެފައިވާތީ ޑޮކްޓަރުން ވެސް ގެންދަނީ އިރުޝާދު ދެއްވަމުންނެވެ.
ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް އިރުޝާދު ދެއްވަނީ ވީހާވެސް ބޮޑަށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށެވެ. އަވަސް އަވަހަށް އޮތްދޮވުމަށާއި ބޭރަށް ހިންގައި ހޮޑުލާ ނަމަ ގިނައިން ދިޔާއެއްޗެހި ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ފެންމަދުވިޔަ ނުދީވޭތޯ ބަލާތި. މާވަރުދެރަވެ ހީސްނުލާ އަށް ގަޑިއިރުވީމަ ޖެހޭނީ އައިވީކޮޅެއް ދޭން،" ފައިސަލްގެ ޓުވީޓުގައިވެ އެވެ.
މުޅި މާލެ ހޮޑުލުމުގައި
— Ahmed Faisal (@Faisalnaifaru) July 28, 2023
?ގެ ER ފުރިފައިއޮތީ ހޮޑުލާ?
?️ދޮވެގެން ނޫނީ ނުކާތި
އަވަސްއަވަހަށް ?️ދޮވެލަން އާދަކުރަމާ
ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުންވިޔަސް އަވަސްއަވަހަށް ދިޔާއެއްޗެހިދެއްވާ
ފެންމަދުވިޔަ ނުދީވޭތޯބަލާތި
މާވަރުދެރަވެ ހީސްނުލާ 8 ގަޑިއިރުވީމާ ޖެހޭނީ IV ކޮޅެއްދޭން
We are seeing a sudden heavy surge in patients presenting to ER with vomiting (some with vomiting and diarrhea). Kids and young adults too.
— Abdulla Niyaf (@niyaf) July 28, 2023
Please ensure water consumed is clean. Boiled and cooled / filtered water is a safe option.
Good hand and personal hygiene are important.
ބައެއް މީހުން ބުނާ ގޮތުގައި ކުއްލިއަކަށް އެހާ ބޮޑަށް ފެތުރުނީ ޕެރޭޑާއި ފުޅަނދުބުރު ބަލަން ޖަމާވުމުން ކަމަށް ވުން އެކަށީގެންވެ އެވެ. ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުންގެ ތެރޭގައި ފުޅަނދުބުރު ބަލަން ރޭ ނުކުތް މީހުން ހިމެނޭ ކަމަށް ފޭސްބުކާއި ޓުވިޓާގައި ލިއެފައިވެ އެވެ.
އެކަމަކު އޭގެ ކުރިން ވެސް ހޮޑުލުމާއި ބޭރަށް ހިންގާތީ ނުނިކުންނަ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔަކަށް ވާތީ ސާފުތާހިރުކަމަށާއި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.
އާދަޔާހިލާފަށް ކަރު ހިއްކުމާއި ކުޑަކަމުދާ މިންވަރު މަދުވުމާއި މާ ބޮޑަށް ވަރުދެރަވުމާއި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމުގެ އިތުރުން ހޮޑުލެވުމާއި ބޮޑުކަމު ދާއިރު ލޭގެ އަސަރު ހުރުން ފަދަ އަލާމާތްތައް ފާހަގަ ކުރެވޭ ނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ސަމާލުކަން ދޭނެ ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވަ އެވެ.
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
އައްޑޫގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ހުޅުވައިފި
މަސްފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު
އަނެއްކާވެސް ކުއްޖަކު ފެންގަނޑަކަށް ވެއްޓި އައިސީޔޫގައި
11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
ތުއްތު ކުއްޖަކަށް އަނިޔާކުރި ފޫޅުމަޔަކު ޖަލަށް
އިންޑިއާގެ ހޮސްޕިޓަލަކުން އޮކްސިޖަން ނުލިބި 49 ކުދިން މަރު
އިންޑިއާގެ ހޮސްޕިޓަލުން ކުދިން މަރުވީ އޮކްސިޖަން ކަނޑާލުމުން