05 ސެޕްޓެމްބަރ 2017
ފައްރުޚްއާބާދު (ސެޕްޓެމްބަރު 5) - އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ފައްރުޚްއާބާދުގެ ހޮސްޕިޓަލެއްގައި އުފަންވި ކުދިންގެ ތެރޭން އޮކްސިޖަން ނުލިބުމުގެ ސަބަބުން 49 ކުދިން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފައްރުޚްއާބާދު (ސެޕްޓެމްބަރު 5) - އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ފައްރުޚްއާބާދުގެ ހޮސްޕިޓަލެއްގައި އުފަންވި ކުދިންގެ ތެރޭން އޮކްސިޖަން ނުލިބުމުގެ ސަބަބުން 49 ކުދިން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ރާމް މަނޯހަރު ހޮސްޕިޓަލުން މަހެއްހާ ދުވަހު ތެރޭ މަރުވި 49 ކުދިންގެ ތެރޭން 30 ކުދިން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް އޮފިޝަލުން ބުނެ އެވެ.
އުއްތަރަ ޕްރަދޭޝްގެ ގޮރަޚްޕޫރު ހޮސްޕިޓަލުން ވެސް މިދިޔަ މަހު ވަނީ 160 ކުދިން މަރުވެފަ އެވެ. މީގެ ތެރޭން ގިނަ ކުދިން މަރުވެފައި ވަނީ އޮކްސިޖަން ނުލިބިގެންނެވެ. ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ވަނީ ދެ ހޮސްޕިޓަލުން ވެސް ކުދިން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. ސަރުކާރުގެ ރިޕޯޓެއްގައި ބުނެފައި ވަނީ ކުދިން މަރުވީ މެޑިކަލް ސްޓާފުންގެ އިހުމާލުން ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެއް ހޮސްޕިޓަލުން އޮކްސިޖަން ކަނޑާލީ ސަޕްލަޔަރަށް ބިލް ނުދެއްކުމުން ކަމަށެވެ. އޮކްސިޖަން ބިލަށް ހަ މިލިއަން ރުޕީސް (93،500 ޑޮލަރު) އަރާފައިވާ ކަމަށްވެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނެފައި ވަނީ ރާމް މަނޯހަރު ހޮސްޕިޓަލުން 30 ކުދިން މަރުވީ އައިސީޔޫގައި ތިބި ކުދިންނަށް އޮކްސިޖަން ނުލިބިގެން ކަމަށެވެ.
އިންޑިއާގެ ހޮސްޕިޓަލުން ކުދިން މަރުވީ އޮކްސިޖަން ކަނޑާލުމުން
ދެ ދުވަސް ތެރޭ އިންޑިއާގެ ހޮސްޕިޓަލަކުން 30 ކުދިން މަރު
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
ހޮޑުލުމާއި ބޭރަށްހިންގުން ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ކުޑަކުދިންނާ ގުޅޭ މަޖާ ބިރުވެރި ފިލްމެއް ނޮވެމްބަރުގައި
ކުޑަކުދިންނަށް ތިން ވަނަ ކޮވިޑް ވެކްސިނެއް ހުއްދަކޮށްފި