16 އޮކްޓޯބަރ 2022
އިންޑިއާގެ ފިލްމީ ތަރި، ނިކިތާ ދައްތާ އާއި އަދިތުޔާ ސީލް ލީޑު ރޯލު ކުޅޭ ފިލްމު "ރޮކެޓް ގޭންގް" ގެ ޓްރެއިލާ ނެރެފި އެވެ.
އިންޑިއާގެ ފިލްމީ ތަރި، ނިކިތާ ދައްތާ އާއި އަދިތުޔާ ސީލް ލީޑު ރޯލު ކުޅޭ ފިލްމު "ރޮކެޓް ގޭންގް" ގެ ޓްރެއިލާ ނެރެފި އެވެ.
ނޮވެމްބަރު 14 ގައި އިންޑިއާގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ކުޑަކުދިންނަށް ހާއްސަ ފިލްމެކެވެ.
ބިރުވެރި މަޖާ އެ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ކޮރެއޮގްރާފަރު، ބޮސްކޯ ލެސްލީ މާޓިސް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ޒީ ސްޓޫޑިއޯ އިން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައި ވަނީ މުމްބާއީ އާއި ކޮންކަންގެ އެކި ސަރަހައްދުތަކާއި މަޝްހޫރި ޑާންސް ޝޯ، "ޑާންސް އިންޑިއާ ޑާންސް" ގެ ސެޓުގަ އެވެެ.
އާންމުކުރި ޓްރެއިލާ އިން ފެންނަނީ ފަސް ކުދިންނާއި ބޮޑު ފަސް މީހުންނެެވެ. އަދި މީހުން ނޫޅޭ ހިސާބެއްގައި ހުންނަ ތަނެއްގައި ހުރި ގެއަކަށް އެމީހުން ވަދެ، ދެން ދިމާވާ ޖިންނީގެ ބިރުވެރި ކަންތައްގަނޑެއް ވެސް ފެނެ އެވެ. އެކަމަކު ނަށައިގެން އެމީހުންނަށް އެތަނުން ސަލާމަތްވެވޭނެ ކަމަށް ބުނާ އަޑު ޓްރެއިލާގައި އިވެ އެވެ.
ފެންޓަސީ ޑާންސް ކޮމެޑީއަކީ ވަރަށް މަދުން ނޫނީ ނުނެރޭ ވައްތަރެއްގެ ފިލްމެވެ.
މި ފިލްމުގައި އެ ކުދިންނަށް އެމީހުންގެ މަންމައިންގެ ހައްގުގައި ޑާންސް ޝޯއެއްގައި ބައިވެރިވެ ވަނަ ހޯދުމަށް ކުރާ މަސައްކަތް ވެސް ފެނެ އެވެ.
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
ޖަޔާގެ ނަމަށް އަމީތާބު އިތުރުކުރުމުން ހިތްހަމަނުޖެހުން
ޕެރިސް އޮލިމްޕިކްސްގައި ޝާން ޕާފޯމްކުރަނީ
ކަންގަނާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަނީ
އަންނަ މަހު ބާއްވާ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ
ރިއާނާ ބޭނުންވަނީ އަނެއްކާވެސް އިންޑިއާ އަށް ދާން
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ޝާހުގެ އަންހެނުން ރެސްޓޯރެންޓެއް ހުޅުވައިފި
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް