30 ޖެނުއަރީ 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އިސް ބޭފުޅުންނާ ސްރީ ލަންކާގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އިސް ބޭފުޅުންނާ ސްރީ ލަންކާގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު މަޝްވަރާ ކުރެއްވީ ސިޔާސީ މަޝްރަހުގައި ހުރި މުހިއްމު ކަންކަމާ ގުޅޭގޮތުން ކަމަށެވެ. ތަފްސީލް ނުދީ އެ ޕާޓީން ބުނީ، އެ ބައްދަލުވުމާ ގުޅޭ ކަންކަން އާއްމުކުރާނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާ ހިއްސާކުރުމަށް ފަހު ކަމަށެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ނަޝީދާ އެކު އެމްޑީޕީގެ އިސް ފަރާތްތަކުން ބާއްވާ ބައްދަލުވުންތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުންތަކުގައި، ކުރިޔަށް ހުރި އިންތިހާބުތަކުގެ ކެމްޕެއިން ކުރިއަށް ގެންދިއުމާއި ރިޔާސީ ކެންޑިޑޭޓަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
ނަޝީދު މިދިޔަ އަހަރުގެ އޯގަސްޓްމަހު ވެސް ލަންކާ އަށް ވަޑައިގަތެވެ. އެ ފަހަރު ހަފުތާއެއްހާ ދުވަސް އެމަނިކުފާނު ލަންކާގައި ހޭދަކުރެއްވި އެވެ.
ނަޝީދުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތިވި ވަގުތުކޮޅު
ޖަލަށް ލިއަސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ނަޝީދު
އެމްޑީޕީ ގައުމުން ބޭރުގައި، ބަދަލެއް ފެންނާނެތަ؟
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
ނަޝީދަށް ހަމަލާދީފާނެ ކަމަށް ބުނެ ބައްދަލުވުން ކެންސަލް
ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
ލަންކާ އަކީ އެމްޑީޕީގެ "ކިއްލާއެއް" ނޫން: މުންދު
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!