މިޔުނިކް (ޖުލައި 17) - ސްޓައިކަރެއް ހޯދުމުގައި އަތް ފުނާއަޅަމުންދާ، ބެޔާން މިޔުނިކުން، ހެރީން ކޭން ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ލަންޑަނަށް ގޮސް ޓޮޓެންހަލް ހޮޓްސްޕާސްގެ ވެރިންނާ ބައްދަލު ކޮށްފި އެވެ.
މިޔުނިކް (ޖުލައި 17) - ސްޓައިކަރެއް ހޯދުމުގައި އަތް ފުނާއަޅަމުންދާ، ބެޔާން މިޔުނިކުން، ހެރީން ކޭން ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ލަންޑަނަށް ގޮސް ޓޮޓެންހަލް ހޮޓްސްޕާސްގެ ވެރިންނާ ބައްދަލު ކޮށްފި އެވެ.
ބެޔާންގެ ކުރީގެ ސްޓައިކަރު، ރޮބަޓް ލެވެންޑޯސްކީ މިދިޔަ ސީޒަންގައި ބާސެލޯނާ އަށް ބަދަލުވުމުން، އެ ސީޒަން ބެޔާނުން ކުޅުނީ ސްޓައިކަރެއް ނެތި އެވެ. އޭގެ ސަބަބުން އެ ޓީމަށް މައްސަލަ ކުރިމަތިވި އެވެ. ކުރިން ޖަހާ އަދަދަށް ލަނޑު ނުޖެހި ޓީމުގެ ކުޅުން ވެސް ދަށްވި އެވެ. ލީގު ޗެމްޕިއަންކަން އެ ޓީމުން ހޯދީ، ލީގުގެ އެންމެ ފަހު ދުވަހު ކުޅުނު މެޗުގަ އެވެ.
ސްޓައިކަރުގެ މަގާމު ފޫބެއްދުމަށް ބެޔާނުން ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔަކީ އިންގްލެންޑްގެ ކެޕްޓަން ކޭން އެވެ. އޭނާ ގެންދަން ޝައުގުވެރި ވަނީ ހަމައެކަނީ އެ ކްލަބުން އެކަންޏެއް ވެސް ނޫނެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް ކޭން ގެންދަން ޝައުގުވެރި ވެއެވެ.
ބެޔާންގެ ހުށަހެޅުމަށް ވުރެ އިނގިރޭސި އެހެން ކްލަބެއްގެ ހުށަހެޅުމަށް ޓޮޓެންހަމުން ދީލާލާފާނެތީ ބެޔާނުން ތިބީ ސަމާލުވެގެންނެެވެ.
އެ ޓީމުން ލަންޑަނަށް ދަތުރުކޮށް ޓޮޓެންހަމްގެ ރައީސް ޑެނިއަލް ލެވީއާ ބައްދަލު ކުރީ ކޭން ބެޔާނަށް ވިއްކާލަން މަގުފަހި ކުރުމަށެވެ.
ކޭން ގެނެވޭނެ ކަމާ މެދު ބެޔާންގެ ކުރީގެ ރައީސް އަދި މިހާރު ޝަރަފުވެރި ރައީސެއްގެ ގޮތުގައި ހުންނެވި އޫލީ ހޫނެސް ހުންނެވީ ބޮޑު ޔަގީން ކަމެއްގަ އެވެ.
"ހެރީ ކޭން ހުރިހާ ވާހަކަތަކެއްގައި ވެސް ވަރަށް ސާފުކޮށް ބުނެފައި ވަނީ އޭނާގެ ނިންމުން އޮންނާނެ ކަމަށް. އެކަން އޮތް ނަމަ އޭނާ ބެޔާން މިޔުނިކަށް ގެނެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު. ޓޮޓެންހަމް ޖެހޭނީ އެ ފުރުސަތު ދޭން،" ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ހޯނެސް ވިދާޅުވެފައި ވެއެވެ.
މުލާ އަށް އަލްވަދާއު، ކޭންގެ ފުރަތަމަ ތަށި
ކޭން ނެތި ކުޅުނު މެޗުން ބެޔާންގެ އިންތިޒާރު ދިގުވެއްޖެ
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ
ބެޔާން ދޫކޮށް ލޫކަސް ހެނާންޑޭޒް ޕީއެސްޖީ އަށް
ނާގަލްސްމަންގެ ވާހަކަތަކާ ހެދި ކޮންޓޭ ހިތްހަމަނުޖެހިއްޖެ
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް
ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި، ދާނީ ރެއާލަށް
15 އަހަރުވީ ކެރިއާގައި ކޭންއަށް ފުރަތަމަ ތަށި
ކޭންގެ 60 ވަނަ ލަނޑާއެކު ބެޔާން ލީގު ހޯދުމާ ގާތަށް
އެސެންސިއޯ އާއި ރަޝްފޯޑް ލޯނު ޓްރާންސްފާގައި ވިލާއަށް