Roadha Mihaaru
ނުޒޫ "ނީނާ" ކުޅުނީ 150،000ރ. އަށް

ނުޒޫ "ނީނާ" ކުޅުނީ 150،000ރ. އަށް

16 ޖުލައި 2023

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޓައިޓަލް ރޯލު ކުޅެގެން 150،000ރ. ލިބިފައިވާ ކަމަށް އެ ރޯލު ކުޅުނު ނުޒުހަތު ޝުއައިބު (ނުޒޫ) އިއްޔެ ބުނެފި އެވެ.

ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޓައިޓަލް ރޯލު ކުޅެގެން 150،000ރ. ލިބިފައިވާ ކަމަށް އެ ރޯލު ކުޅުނު ނުޒުހަތު ޝުއައިބު (ނުޒޫ) އިއްޔެ ބުނެފި އެވެ.

އަންނަ މަހު ހައެއްގައި އޮލިމްޕަހުގައި އަޅުވާ "ނީނާ" އަކީ ވަރަށް ބޮޑު ބަޖެޓަކުން ހެދި ފިލްމެއް ކަމަށް އޭގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ކުރިން ވެސް ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި، އެ ފިލްމުގެ ބަޖެޓު 600،000ރ. އަށް ވުރެ ބޮޑެވެ.

ޓީވީއެމުން ރޭ ގެނެސްދިން "ވީކެންޑް ވައިބްސް" ޕްރޮގްރާމްގައި ނުޒޫ ބުނީ އެ ފިލްމުގައި އޭނާ ކުރި މަސައްކަތަށް މުޅި ޖުމްލަ 150،000ރ. ލިބިފައިވާ ކަމަށެވެ.

"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ.-- ފޮޓޯ: އައިފިލްމްސް

"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ.-- ފޮޓޯ: އައިފިލްމްސް

ޑައިރެކްޓަރު އިއްލެ ވެސް "މިހާރު" އަށް އެކަން ކަށަވަރުކޮށްދިނެވެ. އޭނާ ބުނި ގޮތުގައި، އެއީ ފިލްމަށް ތައްޔާރުވުމަށް ނުޒޫ ހެދި ޓްރެއިނިންނަށާއި ޝޫޓްކުރުމަށް ހޭދަވި ތިން މަސްދުވަހަށް ދިން އުޖޫރަ ކަމަށެވެ.

މިއީ އާންމުކޮށް ދިވެހި އެކްޓަރުންނަށް ދޭ މުސާރައަށް ވުރެ ވަރަށް ބޮޑު އަދަދެކެވެ.

މިހާތަނަށް ދިވެހި ފިލްމުސްޓާރަކަށް އެންމެ ބޮޑު އަގެއް ދީގެން ފިލްމެއް ކުޅުވީ 2010 ގައި ނުކުތް ފިލްމު "ނިއުމާ"ގަ އެވެ. އެ ފިލްމު ކުޅުމަށާއި ޑައިރެކްޓުކުރުމަށް އަދި އޭގައި ބޯބޭލުމަށް، ފިލްމީ ތަރި ނިއުމާ މުހައްމަދަށް 200،000 އެއްހާ ރުފިޔާ ދީފައިވެ އެވެ.

"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު.-- ފޮޓޯ: އައިފިލްމްސް

"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު.-- ފޮޓޯ: އައިފިލްމްސް

ނުޒޫ ބުނި ގޮތުގައި، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތެވެ.

"ނީނާ"ގެ ވާހަކަ ބިނާކޮށްފައި ވަނީ ހިތްވަރުގަދަ އަންހެނެއް ކަމަށްވާ ނީނާގެ ހަޔާތަށެވެ.

ނުޒޫއާ އެކު ދެން އެ ފިލްމުގެ ލީޑުން ދެން ފެންނަނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ.