30 ޖެނުއަރީ 2017
ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވާ 350 މީހުންނަށް ލޯނުގެ އުސޫލުން ކެމެރާ ދޭން ނިންމައި އެ ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.
ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވާ 350 މީހުންނަށް ލޯނުގެ އުސޫލުން ކެމެރާ ދޭން ނިންމައި އެ ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.
އެއް ހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް، އިކޮނޮމިކް މިނިސްޓްރީން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ. އެޑިއުކޭޝަނުން ހިންގާ ޓިވެޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހަ މަހާއި އަށް މަހާ ދެމެދުގެ މުއްދަތަކަށް ހިންގާ ސެޓްފިކެޓް ތިނެއްގެ ކޯހަކާއި އަށް މަހާއި އެއް އަހަރުދުވަހުގެ މުއްދަތަކަށް ހިންގާ ސެޓްފިކެޓް ހަތަރެއްގެ ލެވެލްގެ ދެ ކޯސް ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަށާފައި ވާއިރު، ބައިވެރިވިން ތިބީ ސެޓްފިކެޓް ތިނެއްގެ އެ ކޯސް ނިންމުމުގެ މަރުހަލާގަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބެގެން މި ކޯސް ހަދަމުން އަންނަ ދަރިވަރުންނަށް އަންނަ ބުދަދުވަހު ކެމެރާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިގެން މި ދަނީ ހަމައެކަނި ފޮޓޯގްރާފަރުންގެ ދާއިރާ އަށް އެކަނި ބަލައިލި ކަމަށް ވިޔަސް، ގިނަ ވަޒީފާތަކެއް، ތަމްރީނުތަކެއް ފުރިހަމަކުރާ ކުދިންތަކެއް މާކެޓަށް އެބަ ނުކުމޭ،" އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައުފީގު ވިދާޅުވި އެވެ.
ރާއްޖޭގެ ރިސޯޓެއްގެ ބީޗު: ރިސޯޓުތަކުގައި ބިދޭސީ ފޮޓޯގްރާފަރުން ތިބޭ ކަމުގެ ޝަކުވާ ކުރިން ވަރަށް ގިނައިން ކުރޭ.-- ފޮޓޯ: ކޮންރަޑް
އިކޮނޮމިކް މިނިސްޓްރީގެ ވެލިއު ޗެއިން އެންޑް ކެޕޭސިޓީ ބިލްޑިން ސްޕެޝަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިންގާ ސްކީމްގެ ދަށުން މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ މީހަކަށް ޕްރޮފެޝަނަލް ލެވެލްގެ ކެމެރާއެއް ލިބޭނެ ކަމަށެވެ. ކެމެރާގެ އަގު ނަގާއިރު، މި ލޯނު އަނބުރާ ދައްކަން ޖެހެނީ ތިން ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ދެ އަހަރާއި ބައިގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބޭނުމަކީ، ތައުފީގާއި މުމްތާޒު ފާހަގަކުރެއްވި ގޮތުގައި، ތަމްރީނުވެގެން ނުކުންނަ ފޮޓޯގްރާފަރުންނަަށް ވަގުތުން މަސައްކަތް ކުރަން ފެށޭނެ ގޮތް ހަދައިދިނުމެވެ. އެހެންވެ، އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ރިސޯޓުތަކާއި ކުންފުނިތަކާ މިހާރު ވެސް ވާހަކަދައްކަމުން އަންނަ ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
"... ރަށްރަށުގައި ވެސް އިތުރު ވަޒީފާއެއްގެ ގޮތުގައި ނުވަތަ އިތުރު ވިޔަފާރިއެއްގެ ގޮތުގައި ވެސް ފޮޓޯ ނަގައި ދިނުން އެއީ އިންކަމްއެއްގެ ގޮތުގައި ގެސްޓުންނަށް ވެސް ނުވަތަ ގެސްޓްހައުސްތަކަށް ވެސް އެނގިގެން، އެ ގޮތަށް އައިޑެންޓިފައި ވެއްޖެ ކަމަށް ވަންޏާ ހަގީގަތުގައި ވަރަށް ބޮޑެތި ފުރުސަތުތަކެއް އަންނާނެ،" ގެސްޓްހައުސްތަކަށް އިޝާރާތްކުރައްވައި، މުމްތާޒު ވިދާޅުވި އެވެ.
Photographers Training Program | TVET Authority
ޓިވެޓް ޕްރޮގްރާމްގެ ވެބްސައިޓް.
އެއް ހާސް ފޮޓޯގްރާފަރުން ހަމަވަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސެޓްފިކެޓް ތިނެއް ނިންމުމަށް ފަހު ހަތަރެއް ނުވަތަ އެޑްވާންސްޑް ލެވެލް ވެސް ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ޓިވެޓުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ވެސް ބައިވެރިވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރީގެ އުސޫލުން ރާއްޖޭގައި ފޮޓޯ ނަގަން އަންނަ ބިދޭސީންނަށް މިހާރު ވޯކް ޕާމިޓެއް ނުދެ އެވެ. އެކަމަކު، އޮޅުވާލައިގެން ބޭރު މީހުން ރާއްޖެ އައިސް ފޮޓޯ ނެގުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އެކަމުގެ ޝަކުވާ ކޮންމެ ވެސް ވަރަކަށް ލިބޭ ކަމަށް ތައުފީގު މިއަދު އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ އެ ފަދަ ކޮންމެ ޝަކުވާއަކާ ގުޅިގެން ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި
މަސައްކަތް ކުރަމުން ކިޔަވަން ދަސްކުރަން ޖެހޭ: ރައީސް
1000 ފޮޓޯގްރާފަރުން ޕްރޮގްރާމަށް ހުޅުވާލައިފި
ފުލުހުން ލައްވައި ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ
ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
24،000 ބިދޭސީން ފޮނުވާލައިފި، ކޯޓާ ދިނުން ދަށަށް
ބިދޭސީން ވަޒީފާއަށް ގެނައުން ކޮންޓްރޯލްކުރެވިއްޖެ:ރައީސް
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ