24 ސެޕްޓެމްބަރ 2017
ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަމުން ކިޔަވަން ދިވެހި ޒުވާނުން ދަސްކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދިރިއުޅުމަށްޓަކައި މަސައްކަތް ކުރަމުން ކިޔަވަން ދިވެހި ޒުވާނުން ދަސްކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ 1000 ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރުމަށް އެތައް އަހަރެއް ހޭދަކުރެވެންދެން ބިދޭސީން ލައްވައި މަސައްކަތްކޮށްގެން ކުރިއަށް ދެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ކުރީގެ ވިސްނުމަކީ ކޮބާތޯ؟ ކިޔަވާނެ ވަރަކަށް ކިޔަވާށޭ، އެއަށްފަހު މަސައްކަތް ކުރާށޭ. އަޅުގަނޑުމެން މިއަދު ގަބޫލްކުރަން ޖެހެނީ ހުރިހާ ކުދިންނަކީ ކިޔެވެލި ނިންމާފަ އަމަލީ މަސައްކަތައް ނުކުންނަން ޖެހޭ ކުދިންނެއް ނޫން. އަޅުގަނޑުމެން ރާއްޖެ މި ކުރިއަރާވަރަށް ބަލާއިރު އަދި ރާއްޖޭގައި އޮތް ޒުވާން އާބާދީއަށް ބަލާއިރު އެއީ އަޅުގަނޑުމެންނަކަށް އެފޯޑް ކުރެވޭނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެތައް ހާސް ކުދިންނެއް ޑިގްރީ ހަދައިގެން ނުވަތަ އެއަށްވުރެ މައްޗަށް ކިޔަވައިގެން އައިސް މަސައްކަތް ކުރަން ތިބުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ.
ފޮޓޯގްރާފަރުން ތަމްރީން ކުރަން ހިންގި ޕްރޮގްރާމްގެ ބައިވެރިންނާ އެކު ރައީސް ޔާމީން ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައީސް ވިދާޅުވީ ވަޒީފާއަކީ ވަކި ބައެއްގެ ހައްގެއް ނޫން ކަމަށާއި އެއީ މަސައްކަތް ކުރާނެ ބަޔަކު ނުވެގެން ބިދެސީން ކުރާ ކަމަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.
ހީރޯޝިމާއަށް އެޅި ބޮމާއެކު ޖަޕާން އިގްތިސާދު ހަލާކުވެގެން ދިއުމުން ޖަޕާނުގެ އިގްތިސާދު ރަނގަޅު ކުރުމަށް އިސްކަން ދިނީ މަތީ ތައުލީމަކަށް ނޫން ކަމަށާއި ބޮޑަށް އިސްކަން ދިނީ މަސައްކަތް ދަސް ކޮށްދިނުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިއަދު ޖަޕާނަށް ކުރިއެރުން ލިބިފައިވަނީ، މަސައްކަތް ދަސްކޮށްދީފައިވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް އަނެކާއަށް ބަރޯސާ ނުވެ ދިރިއުޅޭ މީހަކަށް ވާން ޖެހޭ ކަމަށެވެ. އަންހެނުން، ފިރިމީހާ ގެއަށް ގެންނަ ފައިސާއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 15000 ހައުސިން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާއިރު އަމާޒަކީ ވަޒީފާގެ ފުރުސަތުތަކާއެކު ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ ވަށައި ޖެހޭ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުމެވެ.
ސަރުކާރުން އިސްކަންދެނީ ޒުވާނުން އުފެއްދުން ކަމަށާއި ޓޫރިޒަމް ދާއިރާ އާއި އެއާޕޯޓް ތަރައްގީވުމާއެކު ކުރިއަށް އަންނަން އޮތް އެތައް ހާސް ވަޒީފާއަކަށް ތައްޔާރުވެފައިވާ ބަޔަކަށް ޒުވާނުން ހެދުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.
400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި
އަންނަ އަހަރު 8،000 ފްލެޓް އަޅަން ފަށާނެ: ރައީސް
ޝަކުވާތަކަށް ޖަވާބުދޭނީ ކުޅިވަރުގެ އީދުން: ރައީސް
އެކި ދާއިރާތަކުގެ ކޯޑިންއަށް 1000 މީހުން އުފައްދަނީ
ޔާމީން އެކަހެރި ކުރަނީ ހޯދާނެ ކާމިޔާބީއަށް ޖެހިލުންވާތީ
މާލެއަށް ބޭނުންވާ ގެދޮރު ނިންމާލެވިދާނެ: ފައްޔާޒު
"ބާރަކީ އިމްތިހާނެއް، ހައްގު ގޮތުގައި ބޭނުން ކުރޭ"
ޔާމީންގެ ދަތުރުފަތުރުގެ ސިޔާސަތު ރަނގަޅު: ފައްޔާޒް
ސަރުކާރު ޒިންމާދާރު ކުރަން ޖެހޭނީ ރައްޔިތުން: ޔާމީން
ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ޔާމީން