Roadha Mihaaru
ފުވައްމުލަކު މާރާމާރީގައި 2 މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

08 ޖުލައި 2023

ފުވައްމުލަކުގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުވައްމުލަކުގައި ރޭ ދަންވަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ރަށުގައި ރޭ ދަންވަރު 36 އަހަރުގެ ފިރިހެނަކަށް ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

އެކަމަކު އޭގެ ފަހުން އޭނާ ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

ރޭގެ މާރާމާރީގައި އަނިޔާވި މީހާގެ ބޮލަށް ތޫނު އެއްޗަކުން ގިނަ ޒަހަމްތަކެއް ދީފައިވާކަން އެނގިފައި ވެ އެވެ.