Roadha Mihaaru

ފުވައްމުލަކު މާރާމާރީގައި އަނިޔާވި މީހާ އައިސީޔޫގައި ފަރުވާދެނީ، ހާލު ސީރިއަސް

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުވައްމުލަކު މާރާމާރީގައި އަނިޔާވި މީހާ އައިސީޔޫގަ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 ޖުލައި 2023

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12:30 ހާއިރު ފުވައްމުލަކުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނު ކަމަށާއި އެ މާރާމާރީގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ތޫނު އެއްޗަކުންދީފައިވާ ހަމަލާތަކުގެ ސަބަބުން ހާލު ވަރަށް ސީރިއަސް އެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏަސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެހެންވެ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.

.