Roadha Mihaaru
މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި

މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި

25 ޖެނުއަރީ 2019

މާލޭގެ ދެ ސަރަހައްދެއްގައި މިއަދު މާރާމާރީ ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މާލޭގެ ދެ ސަރަހައްދެއްގައި މިއަދު މާރާމާރީ ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެ މާރާމާރީގައި 18 އަހަރާއި 29 އަހަރުގެ ދެ މީހުންނަށް ލިބިފައި ވަނީ ސީރިއަސް ޒަހަމްތަކެއް ނޫން ކަމަށެވެ.

އޭގެ ތެރެއިން 18 އަހަރުގެ މީހާއަށް އަނިޔާވެފައި ވަނީ އަލޯރާ ފިހާރަ ކަންމަތީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންދާ ގްރޫޕަކުން އައިސް ތަޅައިގަތުމުންނެވެ. އަނެއް މީހާއަށް އަނިޔާވެފައި ވަނީ ބިންހިމަ ގޯޅި ތެރޭގައި ހިންގި މާރާމާރީއެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ދެ މާރާމާރީ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެ ދެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ނުބުނެ އެވެ.