Roadha Mihaaru
ފުވައްމުލަކު މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

25 މާޗް 2019

ފުވައްމުލަކުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުވައްމުލަކުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ކުއްޖަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މާރާމާރީގައި ކުއްޖާގެ ބޮލަށާއި އަތަށް އަނިޔާތަކެއް ލިބިފައިވެ އެވެ. އެކަމަކު ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެކަމަކު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.

މި މާރާމާރީ ހިންގީ އިއްޔެ ފަތިހު 5:50 ގައި، ފުވައްމުލަކު މަދާދު ގެސްޓްހައުސް ކުރިމަތިންނެވެ.

މި ދުވަސްވަރު ބޮޑެތި ކުށްތައް ރާއްޖޭގައި ވަނީ އާންމުވެފަ އެވެ. މާރާމާރީގެ އިތުރުން ތޫނު އެއްޗިހިން ބިރު ދައްކައިގެން ބޮޑެތި އަދަދުތަކުގެ ފައިސާތައް ފޭރިގަތުމުގެ އިތުރުން، ވައްކަން ވެސް ވަނީ އާންމުވެފަ އެވެ.