ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއް ރޭ ހުއްޓުވަން ބަޔަކު ފުލުހުންނާ ކުރިމަތިލުމުން ބޮޑު ހަމަނުޖެހުމެއް ހިންގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.
ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއް ރޭ ހުއްޓުވަން ބަޔަކު ފުލުހުންނާ ކުރިމަތިލުމުން ބޮޑު ހަމަނުޖެހުމެއް ހިންގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގީ ދޫނޑިގަން އަވަށުގައި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުވާ މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން ކަމަށެވެ.
އެ މީހާ ހައްޔަރު ކުރަން ފުލުހުން އުޅުމުން އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ފުލުހުން ބުންޏެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި އެވެ.
މިކަމާ ގުޅިގެން އެ ތަނުން ތިން މީހަކު ހައްޔަރުކުރި އެވެ.
އެ މީހުން ހައްޔަރު ކުރުމާ ގުޅިގެން އޭގެ ފަހުން ފުވައްމުލަކު ޕޮލިސް ސްޓޭޝަން ކައިރިއަށް ވެސް ބަޔަކު ދަންވަރު އެއްވެ، ސްޓޭޝަން ތެރެއަށް މީހަކު ވަދެ ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި
ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި
ދުވާފަރުގައި ވެސް މީހެއްގެ ގަޔަށް ވަޅި ހަރައިފި
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރި މީހުން ދޫކޮށްލައިފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި