Roadha Mihaaru
އަމީނީމަގުގައި ޕާކުކުރާ މައްސަލަ ބޮޑުވެ ޓޯކުރަނީ

އަމީނީމަގުގައި ޕާކުކުރާ މައްސަލަ ބޮޑުވެ ވެހިކަލްތައް ޓޯކުރަން ފަށަނީ

06 ޖުލައި 2023

އަމީނީމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި މަގުގެ ދެ ފަރާތުގައި ޕާކުކުރާ މައްސަލަ ބޮޑުވުމުން، ވެހިކަލްތައް ޓޯކުރަން ފަށަން ފުލުހުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި މަގުގެ ދެ ފަރާތުގައި ޕާކުކުރާ މައްސަލަ ބޮޑުވުމުން، ވެހިކަލްތައް ޓޯކުރަން ފަށަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، ހިނގާވެބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ބެލުމަށް ފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަމީނީމަގުގައި ތާރުއަޅާފައި އޮތް ސަރަހައްދުގައި ވެހިކަލް ދުއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރި

އަމީނީމަގުގައި ތާރުއަޅާފައި އޮތް ސަރަހައްދުގައި ވެހިކަލް ދުއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރި

އަމީނީމަގު މިހާރު ހަދަމުން އަންނަ ގޮތުން، ދެ ފަރާތުގެ ޕޭވްމަންޓް ކުރިއަށް ވުރެ ބޮޑުކޮށްފައި ވާތީ، މަގުގައި އެއްވެސް ފަޅިއެއްގައި ވެހިކަލެއް ޕާކުކޮށްފި ނަމަ ދުއްވާ އެއްޗެއްސަށް ވަރަށް ބޮޑަށް ދަތިވެ އެވެ. އެކަމުގައި އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުގެ ދަށުން މިހާރު އޮތީ އެ މަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފަ އެވެ. އެއީ ބިލަބޮންގް ސްކޫލާ ހިސާބުން ފެށިގެން މާފަންނު ސްޓޭޑިއަމްއާ ހަމައަށެވެ. މި މަހުގެ ނިޔަލަށް އެ ސަރަހައްދުގައި ތާރު އަޅާ ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ބުނެފަ އެވެ.

އަމީނީމަގު ހަދަނީ ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ސަރުކާރުން ބުނެ އެވެ.