06 ޖުލައި 2023
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްރަށުގެ ގޭގެއަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްރަށުގެ ގޭގެއަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ވިއްސާރާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލައިގެން ދިއުމާއި ގޭގެއަށް ފެންވަދެގެން ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްގެން ވެސް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ހދ. ކުޅުދުއްފުށި އެއާޕޯޓަށް އުދައަރާފައި.-- ފޮޓޯ: އެންޑީއެމްއޭ
އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ އއ. ފެރިދޫގައި މީހުން ދިރިއުޅޭ ގެއަކަށެވެ. އެ ގޭގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ގޭގައި ދިރިނޫޅެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. އެހެންވެ، އެ ގޭގައި ދިރިއުޅުނު އާއިލާ އަށް ފެރިދޫ ކައުންސިލުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފަ އެވެ.
• ހއ. އިހަވަންދޫގައި ވައިގަދަވުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލައި އެހެން ގެއެއްގެ ފާރެއްގެ މައްޗަށް ގަހެއް ވެއްޓި ގެއްލުން ލިބުނު.
• ހދ. ކުޅުދުއްފުށި އެއާޕޯޓަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކުރި.
• ށ. ކޮމަންޑޫގައި ފެންބޮޑުވެ ގެއަކަށް ގެއްލުން ލިބުނު.
• ބ. މާޅޮހުގައި ފެންބޮޑުވެ ތިން ގެއަކަށް ގެއްލުން ލިބުނުއިރު، ގިނަ އަދަދެއްގެ ގަސް ވެއްޓުނު.
• ޅ. ނައިފަރު، ކ. ހުރާ އަދި ފ. ފީއަލީގައި ވައިގަދަވުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލި.
• ކ. މާފުށި، ކ. ދިއްފުށި އަދި ކ. ތުލުސްދޫގައި ވައިގަދަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގަސްތައް ވެއްޓުނު.
މިހާރު ކުރަމުންދާ ވިއްސާރާގައި ރަށެއްގައި ހުރި ގަހެއް ވެއްޓިފައި.-- ފޮޓޯ: އެންޑީއެމްއޭ
މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް ވިއްސާރަ އެވެ. ހުޅަނގު މޫސުމުގެ މި ވިއްސާރާގައި އާދަޔާހިލާފަށް ވައި ބާރުވެ، ކަނޑުތައް ވެސް ވަރަށް ގަދަ އެވެ. އަދި ބައެއް ރަށްރަށް ދަނީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ.
ކުރިއަށް އޮތް 24ގަޑިއިރު ވެސް މުޅި ރާއްޖެއަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
ވިއްސާރާގައި ބައެއް ރަށްތަކުގެ ގެތަކަށް ބޮޑު ގެއްލުމެއް
މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ރައްކާތެރިވާން އެދިއްޖެ
ބޯ ވާރޭގައި ކުޅުދުއްފުށީގެ 3 ގެއަކަށް ބޮޑެތި ގެއްލުން
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
ވާރޭވެހި މ.އަތޮޅުގެ ތިން ރަށެއްގައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ވި ގެއްލުމަށް 1.4 މިލިއަނުގެ އެހީ
ފުވައްމުލަކު މަގުތަކާއި ގޭގެއިން ފެން ނުހިނދި 4 ދުވަސް
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ
ވޭތުވެދިޔަ 24 ގަޑިއިރު ގިނައިން ވާރޭވެހުނީ ހިތަދޫއަށް