03 ނޮވެމްބަރ 2021
ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި މ. އަތޮޅުގެ ތިން ރަށެއްގެ ގެތަކުގައި ފެންބޮޑުވެއްޖެ އެވެ. ފެންބޮޑުވީ އެ އަތޮޅު މުލަކާއި މުލި އަދި ވޭވަށުގަ އެވެ.
ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި މ. އަތޮޅުގެ ތިން ރަށެއްގެ ގެތަކުގައި ފެންބޮޑުވެއްޖެ އެވެ. ފެންބޮޑުވީ އެ އަތޮޅު މުލަކާއި މުލި އަދި ވޭވަށުގަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ އެ ތިން ރަށަށް ކުރި ވިއްސާރައިގައި ގޭގެއަށް ފެންވަދެގެން 16 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ މުލިން ހަތް ގެއެއް، މުލަކުން ފަސް ގެއެއް އަދި ވޭވަށުން ހަތަރު ގެއެކެވެ.
އެންޑީއެމްއޭ އިން ބުނީ ގޭގެއަށް ފެން ވަންނަމުންދާތީ ކައުންސިލް އިދާރާ އާއި ރައްޔިތުން ގުޅިގެން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
މިއަދު ކުރި ވިއްސާރައިގައި މ.އަތޮޅުގެ ގެއެއްގައި ފެންބޮޑުވެފައި--- ފޮޓޯ/އެންޑީއެމްއޭ
ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި އެ ރަށްރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށްވެސް އެފަރާތުން މައުލޫމާތުދެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފަ އެވެ. ޔެލޯ އެލާޓު ނެރެފައިވާ އަތޮޅުތަކުގެ ހާލަތު އެންޑީއެމްއޭއިން އަންނަނީ ބަލަމުންނެވެ.
މުއްޔަށް އިއްޔެ 64 މޭލަށް ވައިގަދަވި
ފުވައްމުލަކު މަގުތަކާއި ގޭގެއިން ފެން ނުހިނދި 4 ދުވަސް
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ބޯ ވާރޭގައި ކުޅުދުއްފުށީގެ 3 ގެއަކަށް ބޮޑެތި ގެއްލުން
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ
މި ވެހޭ ބޯ ވާރެޔާއި އޭގެ ސައިންސް
މޫސުން: ހަފުތާ ބަންދު ވެސް އޮތީ ގަދަކޮށް
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް
މިއަދު ވައިގަދަ، ކަނޑުތައް ވަރަށް ގަދަވާނެ