19 މެއި 2024
ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އިއްޔެ އެންމެ ވައިގަދަވީ މ. މުއްޔަށް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އިއްޔެ އެންމެ ވައިގަދަވީ މ. މުއްޔަށް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ ރޭ ދަންވަރު އައި ވިލާގަނޑެއްގައި މުއްޔަށް ގަޑިއަކު 64 މޭލަށް ވައިގަދަވި އެވެ. އެއީ އެ ރޭ 12:40 ހާއިރެވެ. ދެން އެންމެ ވައިގަދަވީ ސ. ގަމަށެވެ. ގަމަށް ވިލާގަނޑު ގަޑިއަކު 52 މޭލަށް ވައިގަދަވި އެވެ.
ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އިއްޔެ ފުވައްމުލަކުން ފެށިގެން އައްޑު އަށް ނެރުނު އޮރެންޖް އެލާޓް ވެސް ގިނައިރުތަކެއް ވަންދެން ވަނީ ދަންމާލައިފަ އެވެ. އެ ހިސާބުގެ ރަށްތަކަށް އިއްޔެ ވަނީ ވިލާގަނޑުގައި އެވްރެޖުކޮށް 55 މޭލަށް ވައިގަދަވެފަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ޗާޓު: ފާއިތުވި 24 ގަޑިއިރު ވައިގެ ބާރުމިން ހުރި ވަރު.
ރާއްޖެ އަށް މިހާތަނަށް އެންމެ ވައިގަދަވި ދުވަސް ކަމަށް ރިކޯޑްކުރެވިފައި ވަނީ މެއި 29، 1991 އެވެ. އެ ދުވަހު ސ. ގަމަށް ގަޑިއަކު 103.5 މޭލަށް ވައިގަދަވި އެވެ.
މެޓް އޮފީހުގެ ހިސާބުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ރ. އަލިފުއްޓަށެވެ. އެއީ 40.4 މިލިމީޓަރުގެ ވާރޭ އެވެ. އަދި ދެން އެންމެ ގިނައިން ވާރޭވެހުނީ ނ. މާފަރަށެވެ. އެ ރަށަށް 40.1 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކޮށް ވިއްސާރަކޮށް، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ބޮޑުދިޔައިގައި ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެން ވާތީ ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ވަރަށް ގަދަ، ހުޅުލެއަށް 58 މޭލަށް ވައި ގަދަވި
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރާނެ