ރާއްޖޭގެ އުތުރަށް ރޭ ވެހުނު ވާރޭގައި، ހދ. ކުޅުދުއްފުށީގެ 57 ގެއަކަށް ފެން ވަދެ އޭގެ ތެރެއިން ދިރިނޫޅެވޭވަރަށް ގެއްލުން ވި ތިން ގެއަކުން މީހުން ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
21 އޯގަސްޓް 2024
ރާއްޖޭގެ އުތުރަށް ރޭ ވެހުނު ވާރޭގައި، ހދ. ކުޅުދުއްފުށީގެ 57 ގެއަކަށް ފެން ވަދެ އޭގެ ތެރެއިން ދިރިނޫޅެވޭވަރަށް ގެއްލުން ވި ތިން ގެއަކުން މީހުން ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެމްޑީއެމްއޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުގެ ކޮޓަރި އާއި ސިޓިންރޫމަށް ވެސް ފެން ވަދެ، ހިފައި ގެންގުޅޭ ބައެއް ސާމާނަށް ވަނީ ގެއްލުން ލިބިފަ އެވެ.
އެ އޮތޯރިޓީން ބުނީ ވިއްސާރައިގައި ކުޅުދުއްފުށީގެ 57 ގޭގެ އިތުރުން ހއ. ހޯރަފުށީގެ ދެ ގެއަކާއި ށ. ފީވަކުގެ ފަސް ގެއަކާއި އެ އަތޮޅު ނޫމަރާގެ ފަސް ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން މީހުން ދިރިނޫޅެވޭ ހާލަތުގައި ހުރުމުން މީހުން ބަދަލުކުރަން ޖެހުނީ ކުޅުދުއްފުށިން އެކަންޏެވެ.
ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ | އެންޑީއެމްއޭ
ކުޅުދުއްފުށީގެ ގިނަ ގެތަކަށް ފެން ވަދެ ގެއްލުންވި އިރު މެޓު އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ވެސް ކުޅުދުފުއްޓަށެވެ. އެ ރަށަށް 118.9 މިލިމީޓަރުގެ ވާރޭވެހުނެވެ.
ވިއްސާރާގައި ގެއެއްގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ.
މިވަގުތު ރާއްޖޭގެ އެއްވެސް ހިސާބަކަށް މޫސުމީ އެލާޓެއް ނެތެވެ. އެކަމަކު ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
މޫސުމަށް ރައްކާތެރިވާން އެންޑީއެމްއޭއިން އިލްތިމާސްކޮށްފި