04 ޖުލައި 2023
ޕާކިސްތާނާއި އީރާންގެ ނެޓްވޯކްތަކާ ގުޅިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރެއިން، ހެކި ފޮރުވުމަށް އުޅުނު ކަމަށް ބުނެ ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އޭގެ ތެރެއިން އެކަކު ތަންފީޒުކުރާނެ އަދަބެއް ނެތުމުން މިނިވަންވެއްޖެ އެވެ.
ޕާކިސްތާނާއި އީރާންގެ ނެޓްވޯކްތަކާ ގުޅިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރެއިން، ހެކި ފޮރުވުމަށް އުޅުނު ކަމަށް ބުނެ ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އޭގެ ތެރެއިން އެކަކު ތަންފީޒުކުރާނެ އަދަބެއް ނެތުމުން މިނިވަންވެއްޖެ އެވެ.
މި މައްސަލާގައި "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯނީގައި މާކަނޑަށް ނުކުމެ މަސްތުވާތަކެތި ހިފައިގެން އައިސް މާލޭ ޓީ ޖެޓީ ސަރަހައްދަށް މާޗް 26، 2020 ވަނަ ދުވަހުގެ ފަތިހު ވަން ވަގުތު އަތުލައިގަނެ 11 މީހަކަށް ދައުވާ އުފުލި އެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ ހަ މީހެއްގެ މައްޗަށެވެ. އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާއިރު، އެކަކު ވަނީ މަރުވެފަ އެވެ.
މަސްތުވާތަކެތީގެ ކުށް ސާބިތުނުވާ މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރި އަހުމަދު ވިސާމް، ގ. ބޮއިލިންފިޝް ހިމެނެ އެވެ. އޭނާގެ އިތުރުން ކުށް ސާބިތު ނުވި މީހުންނަކީ މުހައްމަދު ހަމީދު، މުހައްމަދު ޝާމިން އަދި މުހައްމަދު މާއިޝް އެވެ.
މީގެ ތެރެއިން ވިސާމް އަދި ޝާމިންގެ މައްޗަށް އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވަކިން އުފުލި އެވެ. އެއީ މަސްތުވާތަކެތި އެތެރެކުރި މައްސަލާގެ ތަހުގީގަށް މި ދެ މީހުންގެ ފޯނު ހުޅުވުމުގެ އަމުރެއް ކޯޓުން ހޯދުމުން ވެސް ފޯނުގެ ލޮކް ކޯޑް ބުނެނުދީ، ހެކި ފޮރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމަށްފަހު ކުރި ހުކުމްގައިވާ ގޮތުން، ކޯޓު އަމުރުގެ ދަށުން ފޯނުގެ ޕާސްކޯޑް ބުނެދިނުމަށް އެންގުމުން ދެ މީހުން ވެސް ވަނީ ހަނދާން ނެތް ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ވަނީ ނުހޯދި އެވެ. ފުލުހުން ބުނެފައިވާ ގޮތުން ޕާސްކޯޑް ނުލިބުމުގެ ސަބަބުން އެ ހެކިތަކަށް ވާސިލުވާނެ އިތުރު ގޮތެއް ހޯދިފައެއް ނުވެ އެވެ.
ހުކުމްގައިވާ ގޮތުން ވިސާމް އަދި ޝާމިން ވެސް ޕާސްކޯޑް ހަނދާން ނެތް ކަމަށް ބުނި ނަމަވެސް އެއީ ބަލައިގަތުމަށް ދަތި ވާހަކައެކެވެ. އެ ދެ މީހުން ވެސް ގެންގުޅެނީ އައިފޯނު ކަމަށްވާއިރު އެއީ ގިނައިން އަޕްޑޭޓްކޮށް ޕާސްކޯޑް ޖަހަންޖެހޭ ބާވަތުގެ ފޯނުކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ދެ މީހުން ވެސް ވަނީ ޕާސްކޯޑް ނުދީ، އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއަޅާ ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.
ދައުވާ ސާބިތުވާތީ އަދަބުގެ ގޮތުން ދެ މީހުންގެ މައްޗަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅި އެވެ. އެކަމަކު މި މައްސަލައާ ގުޅިގެން ވިސާމް ވަނީ ދެ އަހަރާއި ހަތް މަހާއި 24 ދުވަސް ޖަލު ބަންދުގައި ހޭދަކޮށްފަ އެވެ. އެހެންވެ، ބަންދުގައި ހޭދަކުރި މުއްދަތު އަދަބުގެ މުއްދަތުން ކަނޑާއިރު އޭނާ އިތުރަށް ތަންފީޒު ކުރާނެ މުއްދަތެއް ނެތެވެ.
މައްސަލާގެ ތުހުމަތުގައި ވިސާމް ހައްޔަރުކުރި ނަމަވެސް، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު، ހައިކޯޓުން އެ އަމުރު ބާތިލްކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެންގި އެވެ.
ޝާމިން ވަނީ މި މައްސަލައާ ގުޅިގެން ޖަލު ބަންދުގައި ހަތް މަހާއި 23 ދުވަސް ހޭދަކޮށްފަ އެވެ. އެ މުއްދަތު ކުށުގެ އަދަބުގެ މުއްދަތުން ކެނޑުމުން ތަންފީޒު ކުރަން ޖެހޭ އަދަބެއްގެ ގޮތުގައި އޮތީ 11 މަހާއި 13 ދުވަހުގެ ޖަލު އަދަބެވެ. އެ ޖަލު އަދަބު ވަނީ އެއް އަހަރު ދުވަހުގެ ގޭބަންދުގެ އަދަބާ އެކު 32،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ނުވަ ދުވަސް ވަންދެން ކަނޑުމަތީ ރެޔާއި ދުވާލު ލޯންޗަކާއި ކުޑަ ޑިންގީއެއްގައި ތިބެގެން ދޯންޏަށް ފާރަލަމުން ގޮސް އަތުލައިގަނެ ފާސްކުރި އިރު ދޯނީގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި 61 ކިލޯ ޑްރަގް ފެނުނުވެ. ދޯނި ވެމްކޯ ޖެޓީއާ ކައިރިކުރި ވަގުތު ދޯނިން އެއްބަޔަކު މޫދަށް ފުންމާލައިގެން ފިލަން މަސައްކަތްކުރި ނަމަވެސް އެ މީހުން އެ ވަގުތު އަތުލައިގަތެވެ. އަދި ފަޅުގައި އޮތް އެހެން އުޅަނދަކަށް އަރައިގެން އެއްގަމަށް ފައިބައި ފިލި މީހަކު ވެސް ހޯދައި އަތުލައިގަތެވެ. އއ. ތޮއްޑޫއާ ދިމާލު ބޭރަށް ދޯންޏެއް ފޮނުވައިގެން މަސްތުވާތަކެތި ނެގުމުގެ އިންތިޒާމް ހަމަޖައްސައި އެކަމަށް ބޭނުންވާ ސާމާނު ހޯދައިދިނީ އަހްމަދު ވިސާމް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ދައުވާ ލިބޭ އެހެން މީހުންނާ ވިސާމް މުއާސަލާތުކުރި ކަމުގެ ހެކި އެބަހުރި ކަމަށާއި އޭނާ އަކީ މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލާގައި، މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. ހައްޔަރުކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުންނެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ. މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
72 ކިލޯ ޑްރަގް: ހަތް މީހަކަށް ކުރި ދައުވާ ނަގައިފި
ބައިކިލޯ ޑްރަގް: އުމުރު ދުވަހުގެ އަދަބު 12 އަހަރަށް
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް
ޕެސްޓް ދޫކުރި މައްސަލަ އިސްތިއުނާފްކޮށްފި
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
އިރާނު ޑްރަގް ބޯޓު މައްސަލަ: އެންމެން ސަލާމަތް ވެއްޖެ
72 ކިލޯގެ ޑްރަގްސް އެތެރެކުރި މީހުންނަށް ދައުވާކޮށްފި
ޑްރަގްސް އެތެރެކުރި ގާނާ މީހާކު 12 އަހަރަށް ޖަލަށް