26 ޖޫން 2023
މާލެ ސިޓީ ކައުންސިލުން އަޟްހާ އީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އަޟްހާ އީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލައިފި އެވެ.
އަންނަ ބުދަ ދުވަހު ފާހަގަކުރާ ބޮޑު އީދު ދުވަހަށް ބޮކިތަކާއި ގިޑިގެތައް މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ދިއްލާފަ އެވެ. އެގޮތުން ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ބައެއް ބޮޑެތި މަގުތަކުގައި ވެސް ވަނީ ދިއްލާފަ އެވެ.
މާލެ ދިއްލާލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާޜު
އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ދިއްލާފައި ވެ އެވެ. މިއީ އީދަކަށް މާލޭގައި އެއްފަރާ މިހާ ގިނަ ބޮކި ދިއްލި ފުރަތަމަ ފަހަރެވެ.
ބޮކިތައް ދިއްލުމަށް ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބޮޑުތަކުރުފާނުމަގު ބޮކިތަކުން ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެ ދިއްލާލުމުގެ އިތުރުން ބޮޑު އީދު ފާހަގަ ކުރުމަށް 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބެހެއްޓި ގިޑިގެއެއް ކައިރީ ކުއްޖަކު ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު ވެސް އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރަން ނިންމާފަ އެވެ.
ބޮޑު ޖަމާއަތުގައި ނަމާދު ކުރާނީ:
- މާފަންނު ސްޓޭޑިއަމް
- އިސްލާމީ މަރުކަޒު
- ސަލްމާން މިސްކިތް
- ހުޅުމާލެ ސިންތެޓިކް ޓްރެކް
- ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް
- ވިލިމާލެ ފުޓްބޯޅަ ދަނޑުގަ
ކައުންސިލުން ބޮޑު އީދުގައި 100 ބަކަރި ކަތިލަނީ
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވާދަކުރައްވަނީ
"އާ ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދޭނެ"
"މޭޔަރުގެ އިންތިހާބުން ޑިމޮކްރެޓްސް ވަކަރަށް ޖަހާލާނެ"