23 އޮކްޓޯބަރ 2023
މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
ނަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ އެ ދާއިރާގެ ގިނަ ބައެެއްގެ އެދުުމުގެ މަތިން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.
"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ، ދާއިރާގެ ތަރައްގީ އަށް ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ އަދި ހަގީގީ މާނާގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ސާބިތުކަމާ އެކު ހުންނާނެ، ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ،" ނަރީޝް ވިދާޅުވި އެވެ.
ގއ. ކޮލަމާފުއްޓަށް އުފަން ނަރީޝް ވިދާޅުވި ގޮތުގައި، އޭނާގެ އެދުމަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މެންބަރުން އޭނާ އަށް ތާއިދުކޮށް، ޕްރައިމަރީ ކާމިޔާބި ކޮށްދިނުމެވެ.
މާލޭ ސިޓީ ކައުންސިލް ހިންގުމަށް ނަރީޝް ވަގުތީ ގޮތުން ހަވާލުވެޑައިގަތީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އަންނަ މަހު އެމަނިކުފާނު ހުވާކުރައްވަން ދެން މި ހިނގާ އިންތިގާލީ މަރުހަލާގެ ކަންކަން ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން މޭޔަރުގެ ޒިންމާތައް ދޫކޮށްލެއްވުމުންނެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމާ ނަރީޝް ހަވާލުވެވަޑައިގެންނެވީ ޖޫން 21، 2021 ގަ އެވެ.
ޕީޕީއެމް/ޕީއެންސީން ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
ހދ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމަށް
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު
މުއިއްޒަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް!
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު
ދެން ފެންނާނީ އަމަލުން ކަން ކަން ކުރާ ތަން: ރައީސް
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް