21 ޖޫން 2023
އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު، ކުވައިތަކީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ސްޕެއިންގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގައި ކުވައިތުން ވަނީ ވާދަކޮށްފަ އެވެ. ވޯލްޑް ކަޕުގައި ކުވައިތު އޭރު ވާދަ ކުރުމުން މެދުއިރުމަތީގެ ކުޑަ އެ ގައުމަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އެކަމަކު އޭގެ ފަހުން ކުވައިތުގެ ފުޓްބޯޅަ އަޑިއަޅާލި އެވެ.
އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު، ކުވައިތަކީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ސްޕެއިންގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގައި ކުވައިތުން ވަނީ ވާދަކޮށްފަ އެވެ. ވޯލްޑް ކަޕުގައި ކުވައިތު އޭރު ވާދަ ކުރުމުން މެދުއިރުމަތީގެ ކުޑަ އެ ގައުމަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އެކަމަކު އޭގެ ފަހުން ކުވައިތުގެ ފުޓްބޯޅަ އަޑިއަޅާލި އެވެ.
ހުޅަނގު އޭޝިއާ އާއި އަރަބި ފުޓްބޯޅައިގައި މިހާރު ކުވައިތަކީ ގަދަ ބާރެއް ނޫނެވެ. އެ ގައުމުގެ ފުޓްބޯޅައިގެ މަގުބޫލުކަން ވެސް ދަށްވި އެވެ. މިއަދު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދިން ދައުވަތު ގަބޫލުކޮށް ކުވައިތު ގައުމީ ޓީމުން މިހާރު ތިބީ މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިުފައިވާ ބެންގަލޫރުގަ އެވެ. އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވަތު ދިން އަނެއް ގައުމަކީ ލުބުނާނެ އެވެ. އަރަބި ފުޓްބޯޅައިގައި އާދައިގެ ގައުމެކެވެ.
އެކަމަކު ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ބަލައިފިނަމަ، އެ ދެ ގައުމު ވާނީ މި ސަރަހައްދުގެ ގައުމުތަކަށް ވުރެ ވަރުގަދަ ދެ ބާރަށެވެ. މި ދެ ގައުމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާތީ މުބާރާތުގެ ވާދަވެރި ކަމާއި ފެންވަރު މަތިވާނެ ކަމަށް ސަރަހައްދުގެ އެހެން ޓީމުތަކުގެ ކޯޗުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ މުބާރާތުގެ ވާދަވެރިކަން ބޮޑު ވާނެ ކަމަށާއި އަދި ރަނގަޅު ފުޓްބޯޅައެއް ވެސް ފެންނާނެ ކަމަށެވެ. ފުޓްބޯޅައިގެ ފެންވަރާއި ވާދަވެރިކަމަށް ބަލާއިރު މިފަހަރުގެ މުބާރަތަކީ ސާފްގެ ތާރީހުގައި އެންމެ ފުރަިަހަމަ މުބާރާތަށް ވާނެ ކަމަށް ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ކުވައިތުގެ ކޯޗު ބެންޓޯ އާއި އިންޑިއާގެ ކޯޗު ސްޓިމަކް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި --- ފޮޓޯ: ސާފް
އޭއެފްސީ ސަބް ޒޯންތަކުގެ ތެރެއިން ހުޅަނގު އޭޝިއާ ޒޯނަށް ނިސްބަތްވާ އެ ދެ ޓީމުން، ދެކުނު އޭޝިއާގެ މި މުބާރާތް ނަގަނީ އެ ދެ ޓީމަށް ލިބުނޭ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގަ އެވެ.
ކުވައިތުގެ ކޯޗު ރުއީ ބެންޓޯ ބުނީ، އޭނާގެ ޓީމުން މުބާރާތުގައި ވާދަކުރީ ކުވައިތުގެ ފުޓްބޯޅަ އަށް އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްފެންވަރެއްގައި ބަހައްޓަން ކުޅުންތެރިންނަށް މި މެޗުތަކުން ފައިދާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 3:30 ގައި އެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ލުބުނާންގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝާ ދެކޮޅަށެވެ.
ފުޓްބޯޅައިގެ ފެންވަރާ ވަސީލަތްތަކަށް ބަލާއިރު އަރަބި ގައުމުތަކާ ދެކުނު އޭޝިއާގެ ގައުމުތަކާ ފެންވަރުގެ ގޮތުން ދަށެވެ. ސަރަހައްދުގެ ގިނަ ގައުމުތަކަކީ ކްރިކެޓަށް މަޝްހޫރު ގައުމުތަކެވެ. އެހެންވެ ފުޓްބޯޅަ އަށް އަހަމިއްޔަތުކަން އޮތީ ކުޑަކޮށެވެ. ޕޯޗުގަލް އަށް ނިސްބަތްވާ ބެންޓޯ ވަނީ ބެންގަލޫރުގައި ހުރި ވަސީލަތްތަކާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ.
ލުބުނާންގެ ކޯޗު
މުބާރާތުގެ ޓްރޭނިން ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތީ ޓާފް ދަނޑުތަކެވެ. އޭނާ ބުނީ އެ ދަނޑުތަކުގައި ޓްރޭނިން ކޮށްގެން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ކުޅުންތެރިންނަށް އަނިޔާވިޔަ ނުދޭން އޭނާ ސަމާލުކަން ދޭނެ ކަމަށް ބެންޓޯ ބުންޏެވެ.
ރާއްޖެއާ އެއް ގުރޫޕެއްގައި ލައްވާލި ކުވައިތުން ވަނީ މުބާރަތަށް އައުމުގެ ކުރިން އިންޓަ ކޮންޓިނެންޓަލް މުބާރާތެއްގައި ކުޅެފަ އެވެ. ދެކުނު އޭޝިއާގެ މުބާރާތް އެ ގައުމުން ދެކެނީ މި ސަރަހައްދުގެ ފުޓްބޯޅައިގެ ފެންވަރު ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެއްގެ ގޮތުގަ އެވެ.
"އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ތައްޔާރުވާން މި މެޗުތައް އަހަރެމެންނަށް ނެގޭނެ،" ލުބުނާންގެ ކޯޗު އެލެގްޒެންޑާ އިލިޗް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ދިފާއުކޮށްފި
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ
އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން 200 ކުދިން މަރު
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް