21 ޖޫން 2023
މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހޮނިހިރު ދުވަހު އޮންނާނެ އެވެ.
މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގުޅިގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހޮނިހިރު ދުވަހު އޮންނާނެ އެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ކޭމްޕަކީ އާއްމުންނާއި ކޮލެޖުގެ ދަރިވަރުންގެ މެދުގައި، ލޭ ހަދިޔާ ކުރުމަށް ހިތްވަރުދީ އެ ކަމަށް އަހުލުވެރިކުރުވުމުގެ ގޮޮތުން ބާއްވާ ކޭމްޕެކެވެ. އަދި އެ ކޭމްޕަކީ ތެލަސީމިއާ ކުދިންގެ އިތުރުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
މެޕްސް ކޮލެޖުގެ ސީއެސްއާރު ހަރަކާތްތަކުގެ ގޮތުގައި ހިންގާ އެ ކޭމްޕު އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 1 އިން ހަވީރު 5 އަށެވެ. ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ކުރިއަށް ދާނީ މޯލްޑިވްސް ބްލަޑް ސާވިސަސްގަ އެވެ. މި ކޭމްޕުގައި، އާއްމުކޮށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އިތުރުން އަލަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.
އަލަށް ލޭ ހަދިޔާކުރާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނީ މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އެ ފަރާތެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ހައްދާ ޓެސްޓުތަކަށް ފަހު އެވެ.
މި ޕޯސްޓުގައިވާ ލިންކުން ރަޖިސްޓާކުރެވޭނެ.
ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން މި ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓަކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މެޕްސް ކޮލެޖުން ބުނީ ސީއެސްއާރުގެ ދަށުން ހިންގާ އެ ފަދަ ޕްރޮގުރާމުތަކަކީ އެ ކޮލެޖުގެ ދަރިވަރުންނަކީ، ކުރިމަގުގައި މުޖްތަމައަށް ފައިދާކުރަނިވި މަސައްކަތްތަކުގައި ބައިވެރިވާ، އިޖުތިމާއީ މަސައްކަތްތަކުގައި އިސްނަގާ ބަޔަކަށް ހެދުން ކަމަށެވެ.
މިއީ މެޕްސް ކޮލެޖުން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ބާއްވާ ފުރަތަމަ ލޭ ހަދިޔާކުރުމުގެ ކޭމްޕެވެ.
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި
އަހަރީ ދުވަހު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން މުއްދަތު އިތުރުކޮށްފި
އެމްއޭސީއެލްއަށް ހެޔޮ އަގުގައި މެޕްސްއިން ފުރުސަތު ދެނީ
މެޕްސް ކޮލެޖުގެ އެކައުންޓިން ކޯހުގެ މުއްދަތު ހަމަވަނީ
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖް ޓްރިވިއާ ކުއިޒުން މޮޅުވެގެން ހިލޭ ކޯހެއް
ވިލާ ކޮލެޖުން ލޭ ހަދިޔާކޮށްފި
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި