Roadha Mihaaru
ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ފަށައިފި

ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ކެމްޕެއިން ފަށައިފި

18 ޖޫން 2023

ދިރާސީ އާ އަހަރާ ދިމާކޮށް ސޮނީ ސްޕޯޓްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް" ކެމްޕެއިން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާސީ އާ އަހަރާ ދިމާކޮށް ސޮނީ ސްޕޯޓްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް" ކެމްޕެއިން ފަށައިފި އެވެ.

މި ކެމްޕެއިނަކީ ދިރާސީ އާ އަހަރަށް ތައްޔާރުވާން ބޭނުންވާ ގިނަ ޕްރޮޑަކްޓުތަކެއް ގެނެސް ސޮނީ ސްޕޯޓްސްގެ ފިހާރަތަކުގައި ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގެ މަގުސަދަކީ ސްކޫލަށް ބޭނުންވާ އޮރިޖިނަލް ގިނަ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި އެއް ތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.

މި ކެމްޕެއިންގެ ދަށުން ނައިކީ، ބިލަބޮންގް ރޮކްސީ، ކުއިކްސިލްވާ، ޑީސީ، ރިޕްކާލް، އެޑިޑާސް، ޕޫމާގެ އެކި އެސަސަރީތައް ވަނީ ގެނެސްފަ އެވެ.

"އަޅުގަނޑުމެންގެ މި ކެމްޕެއިނުގެ ދަށުން، ދަރިވަރުންގެ މެދުގައި މަގުބޫލު ބްރޭންޑުތަކުގެ ދަބަހާއި، ޕެންސިލްކޭސް، ފެންފުޅި، ލަންޗް ބޮކްސް އަދި ޝޫޒް ވެސް ވާނެ ގެނެސްފައި. ތަފާތު ޑިޒައިންތަކުގެ ރީތި ޕްރޮޑަކްޓް ރޭންޖެއް މި ފަހަރު ވެސް ސްކޫލް ސީޒަނަށް މި ކެމްޕެއިނުގެ ދަށުން ލިބެން ހުންނާނެ. މި ކެމްޕެއިނަކީ ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ކެމްޕެއިން." ސޮނީ ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ މި ކެމްޕެއިނުގެ ދަށުން ބްރޭންޑެޑް ގިނަ ސްކޫލް އެސެސަރީޒްތަކެއް ލިބޭ އިރު، ކެމްޕެއިނުގައި ހިމެނޭ ބެކްޕެކްތަކަށް ވޮރެންޓީ ވެސް ލިބޭނެ ކަމަށް ކަމަށެވެ.

"ބެކް ޓު ސްކޫލް" ކެމްޕެއިން ކުރިއަށް ދާނީ އޮގަސްޓު މަހުގެ 12ގެ ނިޔަލަށެވެ. މި ކެމްޕެއިން ކުރިއަށް ދާނީ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް އަދި ސޮނީ ސްޕޯޓްސް ކިޑްސްގަ އެވެ.