17 ޖޫން 2023
މޯލްޓާ (ޖޫން 17) - ޔޫރޯ ކޮލިފައިންގައި ރޭ މޯލްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އިންގްލެންޑް 4-0 އިން މޮޅުވެއްޖެ އެވެ.
މޯލްޓާ (ޖޫން 17) - ޔޫރޯ ކޮލިފައިންގައި ރޭ މޯލްޓާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އިންގްލެންޑް 4-0 އިން މޮޅުވެއްޖެ އެވެ.
ދުނިޔޭގެ ރޭންކިންގެ 172 ވަނައިގައި އޮތް މޯލްޓާ އަތުން އިންގްލެންޑް މޮޅުވި މެޗުގައި އެންމެ ފާހަގަކުރެވުނީ އިންގްލެންޑުގެ މެދުތެރެއިން ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްޒަންޑަ-އާނޯލްޑަށް ކޯޗު ގަރެތު ސައުތުގޭޓު ފުރުސަތު ދިނުމެވެ. އިންގްލެންޑުގެ މެދުތެރޭގައި އާނޯލްޑާ އެކު ހިމެނީ ޑެކްލަން ރައިސް އާއި ޖޯޑެން ހެންޑަސަން އެވެ.
އިންގްލެންޑް ޓީމުގެ ޑިފެންސްގައި އާނޯލްޑް މަގާމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމާ އެކު ފުރަތަމަ އެގާރައިން ފުރުސަތު ހޯދުން ވަނީ އުނދަގޫވެފަ އެވެ. އެކަމަކު ރޭ މެދުތެރޭގައި ހިމެނި އާނޯލްޑް ގޯލު ޖެހުމާ އެކު އޭނާ ދެން އެ މަގާމުން ފެނުމުގެ ފުރުސަތު ބޮޑެވެ. މިދޔަ ސީޒަނުގެ ފަހުކޮޅު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ އާނޯލްޑް މެދުތެރޭގައި ބޭނުންކޮށްފަ އެވެ.
އިންގްލެންޑުގެ ފުރަތަމަ ގޯލަކީ އަށް ވަނަ މިނިޓުގައި މޯލްޓާގެ ފާޑިނެންޑް އަޕާޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ލަނޑު 28 ވަނަ މިނިޓުގައި ޖެހީ އާނޯލްޑެވެ. ރޭގެ ގޯލަކީ އާނޯލްޑް ގައުމީ ޓީމަށް ޖަހައިދިން ދެ ވަނަ ގޯލެވެ. އިންގްލެންޑުގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ޖެހީ ޕެނަލްޓީ އިންނެވެ. ކޭން 31 ވަނަ މިނިޓުގައި އެޓީމުގެ ތިން ވަނަ ގޯލު ޖެހިއިރު ފަހު ގޯލު ޖެހީ ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް ކަލުމް ވިލްސަން އެވެ.
ޖިބްރާލްޓާ ބަލިކުރި މެޗުގައި ފްރާންސްގެ ކުޅުންތެރިން
ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސް ވަނީ ރަށުން ބޭރުގައި ޖިބްރާލްޓާއާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. ޖިބްރާލްޓާ އަކީ ދުނިޔޭގެ ރޭންކިންގެ 201 ވަނައިގައި އޮތް ގައުމެވެ.
ފްރާންސްގެ ފުރަތަމަ ލަނޑު ތިން ވަނަ މިނިޓުގައި ޖެހީ އޮލިވިއޭ ޖިރޫ އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ކިލިއަން އެމްބާޕޭ އެވެ. ފްރާންސްގެ ފަހު ލަނޑަކީ ދެ ވަނަ ހާފުގައި ޖިބްރާލްޓާގެ އައިމެން މުއޭލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭ ފްރާންސްގެ ގޯލު ބެލެހެއްޓީ ކޮންގޯ އަށް އުފަން ކީޕަރު ބްރައިސް ސަމްބާ އެވެ. ރޭގެ މެޗަކީ މިހާރު ފްރާންސްގެ ލެންސް އަށް ކުޅެމުން އަންނަ ގޯލްކީޕަރު ފްރާންސް ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ކޮލިފައިންގެ އިންގްލެންޑް ހިމެނޭ ގްރޫޕުގައި ރޭ ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން ވަނީ 3-2 އިން މޮޅުވެފަ އެވެ. ފްރާންސް ގްރޫޕުގައި ގްރީސް ވަނީ 1-2 އިން ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކޮށްފަ އެވެ. ފުރަތަމަ ތިން މެޗުން މޮޅުވެ އިންގްލެންޑާއި ފްރާންސް ވެސް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ.
އިންގްލެންޑާއި ފްރާންސް އަދި ތުރުކީ ޔޫރޯ އަށް
ހަތަރު ގޯލު ޖަހައި ރޮނާލްޑޯ ތަފާތު ދައްކައިފި
އިންގްލެންޑާއި ފްރާންސަށް ފުރިހަމަ ފެށުމެއް
ވެމްބްލީގައި އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯ އަށް
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ކޮލިފައިންގައި އިންގްލެންޑާއި އިޓަލީ އަށް ކާމިޔާބު ރެއެއް
އިޓަލީ އަތުން އިންގްލެންޑަށް މޮޅެއް، ކޭން އަށް ރެކޯޑެއް
ފްރާންސް ސެމީ އަށް، އިންގްލެންޑް ކަޓައިފި
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ