Roadha Mihaaru
ރާއްޖެ ބަލިކޮށް 7 އަހަރުން ޕާކިސްތާނަށް ފުރަތަމަ މޮޅު

ރާއްޖެ ބަލިކޮށް ހަތް އަހަރަށްފަހު ބާސްކެޓްގައި ޕާކިސްތާނަށް ފުރަތަމަ މޮޅު

17 ޖޫން 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ޕާކިސްތާން އަތުން ހިތްދަތި ގޮތަކަށް ދިވެހި ޓީމު ބަލި ވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ޕާކިސްތާން އަތުން ހިތްދަތި ގޮތަކަށް ދިވެހި ޓީމު ބަލި ވެއްޖެ އެވެ.

ހަތް އަހަރަށް ފަހު ވާދަވެރި މުބާރާތެެއްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޕާކިސްތާނު އަތުން ރާއްޖެ ބަލިވީ ދެ ޕޮއިންޓްގެ ފަރަގަކުންނެވެ. މެޗުގެ ނަތީޖާ އަކީ 65-63 އެކެވެ. ކްރިކެޓަށް މަޝްހޫރު ޕާކިސްތާނުގައި ބާސްކެޓްބޯޅައިގެ ފިރިހެން ޓީމުން މިދިޔަ ހަތް އަހަރު އެއްވެސް މުބާރާތެއްގައި ވާދައެއް ނުކުރެ އެވެ.

އެހެން ކަމުން މިއީ ހަތް އަހަރު ތެރޭ ޕާކިސްތާނުން ހޯދި ފުރަތަމަ މޮޅެވެ. އިންވިޓޭޝަނަލް މުބާރާތެއް ގޮތަށް ރާއްޖޭން އިންތިޒާމު ކުރި މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ވީ ބައްޔެވެ.

ރާއްޖެ އާ ޕާކިސްތާނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖެ އާ ޕާކިސްތާނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަ؛ލިވެފައިވުމުން ދިވެހި ޓީމު ވަނީ އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް ގަދަ ހަތަރެއްގެ ތެރެއަށް ދިވެހި ޓީމަކަށް ނުވަދެވޭނެ އެވެ. މުބާރާތުގެ ގަވާއިދު ހަމަޖައްސާފައިވާ ގޮތުން ސެމީގައި ކުޅޭނީ ގަދަ ހަތަރު ޓީމެވެ.

މިރޭގެ މެޗުގައި ފަހު ކުއާޓާގައި ދިވެހި ކުޅުންތެރިން ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކުރި އެވެ. ރާއްޖޭން ޕާކިސްތާނުގެ މައްޗަށް ލިޑް ނަގައިފާނެ ކަމަށް ވެސް ހީކުރެވުނެވެ. މެޗުގެ ފަހު ވަގުތު ތްރީ ޕޮއިންޓް ޒޯންއިން ބޯޅައެއް ހޫކްސްތެރެއަށް ވައްޓާލައިގެން ވެސް ރާއްޖެ އަށް މެޗު ކާމިޔާބު ކުރެވުނީހެވެ. އެކަމަކު ދިވެހި ކުޅުންތެރިންނަށް ބޯޅަ ސަޕްލައި ކުރުން ލަސްވެ މެޗު އަތުން ގެއްލުނީ އެވެ.

މިއަދު ހަވީރު، ބަންގްލަދޭޝް އާއި ބޫޓާން ބައްދަލު ކުރި މެޗުން ބަންގްލަދޭޝް ކުރި ހޯދި އެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 61-53 ންނެވެ.