15 ޖޫން 2023
ބޮލީވުޑް ބަތަލް ޝާހްރުކް ހާންގެ ކޮލަށް ބޮސްދިން ފޭނަކަށް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ބޮލީވުޑް ބަތަލް ޝާހްރުކް ހާންގެ ކޮލަށް ބޮސްދިން ފޭނަކަށް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއެއްގައި، ދުބާއީގައި އޮތް އިވެންޓެއްގެ ތެރެއިން މެދު އުމުރުގެ އަންހެނަކު ގޮސް ޝާހުގެ ކޮލަށް ބޮސްދޭ މަންޒަރު ފެނެ އެވެ.
ވީޑިއޯއަށް ކޮމެންޓުކުރި ގިނަބަޔަކު އެ ކަންތައް ފާހަގަކޮށްފައި ވަނީ ވިޔާނުދާ އަމަލެއްގެ ގޮތުގަ އެވެ.
The love #ShahRukhKhan gets every part of the world, is truly amazing. He deserves every bit of it & more. Thank You @iamsrk for existing, You truly are love itself ❤️ pic.twitter.com/yzhKUMd9wg
— Shah Rukh Khan Warriors FAN Club (@TeamSRKWarriors) June 13, 2023
"އެ އަންހެން މީހާ ޖަލަށް ލާ،" ރެޑިޓްގައި ވައިރަލްވި އެ ވީޑިއޯއަށް ފޭނަކު ކޮމެންޓު ކުރި އެވެ.
"އެއީ އަންހެން ސެލެބްރިޓީއެއްގެ ކޮލަށް ބޮސްދިން ބޮޑު ފިރިހެނެއްގެ ހާދިސާ ނަމަ މިހާރު މައްސަލަ ވަރަށް ހޫނުވީސް،" ކޮމެންޓެއްގައި ބުންޏެވެ.
ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ޝާހުއާ ބައްދަލުވެ ބޮސްދޭން ފުރުސަތު ލިބުމުން ބައެއް މީހުން އެ އަންހެން މީހާ ސިފަކުރަނީ ވަރަށް ނަސީބުގަދަ މީހެއްގެ ގޮތުގަ އެވެ.
ދުނިޔޭގެ ނަން މަޝްހޫރު ތަރިއެއްގެ ހައިސިއްޔަތުން ކޮންމެ ދުވަހަކުވެސް ތަފާތު ތަޖުރިބާތައް ފޭނުންނާ އެކު ޝާހު އަށް ތަހަންމަލް ކުރަންޖެހެ އެވެ.
ދާދި ފަހުން ޝާހު ވަނީ ފަރުވާއެއް ނެތް ބައްޔެއް ޖެހިފައިވާ ފޭނަކާ ވީޑިއޯ ކޯލުން ވާހަކަދައްކައި، އޭނާއާ ބައްދަލުކުރާނެ ކަމަށް ވައުދުވެ، އޭނާގެ ފަރުވާތަކަށް މާލީ އެހީތެރިކަން ދޭނެ ކަމަށް ބުނެފަ އެވެ.
ޕްރިތީގެ މި ފޮޓޯ ވަރަށް ހާއްސަ ވެއްޖެ
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ސިދާތުއާ ފްލާޓްކުރި މޮޑެލް މާފަށް އެދިއްޖެ
ނާގަ އާއި ޝޮބިތާ އެންގޭޖުވެއްޖެ
މަލައިކާ ރާއްޖެ އަތުވެއްޖެ، ރިސޯޓުން ހޫނު މަރުހަބާއެއް
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
ގައުމީ އިނާމު ލިބޭނެ ކަމަށް އުއްމީދުކުރަން: ވިކްރާންތު
އާލިއާ މިހާރު ބާރަށް ވާހަކަ ނުދައްކާ: ރަންބީރް