Roadha Mihaaru

މެލޭޝިޔާގެ ސްކޮލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މެލޭޝިޔާގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 ޖޫން 2023

މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެއީ މެލޭޝިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ ސްކޮލާޝިޕްތަކެކެވެ. އޭގައި ޓިއުޝަން ފީ އާއި އެހެނިހެން ފީތައް ވެސް ހިމެނޭނެ އެވެ.

ސްކޮލާޝިޕްގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކުގެ މުއްދަތަކީ 24 މަހާއި 36 މަހެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ސްކޮލަޝިޕުގައި ހިމެނެނީ މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކެއް ކަމަށެވެ.

އުމުރުން 45 އަހަރު ނުވާ ކޮންމެ މީހަކަށް ވެސް ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.

މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ސްކޮލާޝިޕްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި އެންޑޯޒް ފޯމް މަހުގެ 22ގެ ކުރިން ފޮރިން މިނިސްޓްރީ އަށް އެންޑޯޒްމަންޓް ފޯމް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ހަޔާ އެޑިޔުކޭޝަނުން ވަނީ އެ ކޯސްތަކަށް ހޮވުމުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގް ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.