31 ޑިސެމްބަރ 2024
ހަންގޭރީން ދޭ 25 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަންގޭރީން ދޭ 25 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ހުޅުވާލާފައި ވަނީ 8 ބެޗްލާސް ޑިގްރީގެ ފުރުސަތާއި މާސްޓާސް އަށް ކިޔަވަން 14 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ ތިން ފުރުސަތެވެ.
ބެޗްލާސް ޑިގްރީގެ ޝަރުތުގެ ގޮތުގައި ހިމެނެނީ ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިހާނުގެ 5 މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވުން ނުވަތަ ޖީސީއީ އޭ ލެވެލް ތިން މާއްދާ އިން އީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނަމަ އެވެ. ފާސްވި މާއްދާތަކުގެ ތެރޭގައި އިނގިރޭސި ނުހިމެނޭ ނަމަ، އައިއެލްޓްސް ފަދަ ފާހެއް އޮންނަން ޖެހޭ ކަމަށް ޝަރުތުގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޑިގްރީ ކޯހުގެ އެންޓްރީ ރިކްއާމެންޓްތައް މިނިސްޓްރީގެ ރިކްއާމެންޓާ ތަފާތު ނަމަ، ޔުނިވާސިޓީގެ އެންޓްރީ ރިކްއާމެންޓަށް ބަލާނެ އެވެ. އަދި މާސްޓާސް އާއި ޕީއެޗްޑީއަށް ކިޔަވަން ސްކޮލާޝިޕަށް އެދޭ ނަމަ، ކޯހާ ގުޅޭ ދާއިރާއަކުން ކިޔަވާފައިވާ ނަމަ އެކަމަށް އެދެވޭނެ ކަމަށް ވެސް ވެ އެވެ.
މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންނަކީ ކުރިން ހަޔާ އެޑިއުކޭޝަން މެދުވެރިވެގެން ކިޔަވަން ލޯނެއް ނަގާފައިވާ ނަމަ، ޑީފޯލްޓެއް ނެތި އެ ލޯނު ގަވާއިދުން ދައްކަމުން އަންނަ މީހުންނަށް ވާންޖެހޭ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކިޔަވަން އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހެ އެވެ. އަދި އެ އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން އަންނަ ދަރިވަރު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މިހާރު ވެސް ކިޔަވަމުން އަންނަ ހަންގޭރީން އަލަށް ހުޅުވާލި ސްކޮލާޝިޕަށް އެދެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 އެވެ.
ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ 2022 ގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ސްކޮލާޝިޕްގައި ކިޔަވާ ކޯސް ބަދަލުކުރެވޭ ގޮތް ހަދައިފި
ބޭރުގައި ކިޔަވާ ދަރިވަރުންގެ ފުރަތަމަ ދަފްތަރު ހަދައިފި
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް
ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް
ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރަން 100 ސްކޮލާޝިޕް
ހުރިހާ ހަރަދެއް ޖަޕާނު ސަރުކާރުންދޭ ސްކޮލާޝިޕްތަކެއް
ޕާކިސްތާނުގައި ޑިގްރީން ޕީއެޗްޑީއަށް ކިޔަވަން ސްކޮލާޝިޕްތަކެއް
ޗައިނާގައި ކިޔަވަން 200 ސްކޮލާޝިޕަށް ހުޅުވާލައިފި