Roadha Mihaaru
ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރަން 100 ސްކޮލާޝިޕް

ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރަން 100 ސްކޮލަޝިޕަށް ހުޅުވާލައިފި

02 ޖުލައި 2024

ރާއްޖޭގައި ޕްރޮފެޝަނަލް ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް 100 ސްކޮލާޝިޕްގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ޕްރޮފެޝަނަލް ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް 100 ސްކޮލާޝިޕްގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ.

ޗާޓަޑް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ 100 ފުރުސަތު ބަހާލާފައިވާ ދެ ބަޔަކީ ޕަބްލިކް ކެޓަގަރީ އާއި އޯޕަން ކެޓަގަރީ އެވެ.

ފުރުތަމަ ކެޓަގަރީއަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ހުޅުވާލާފައިވާ 50 ފުރުސަތެވެ. ދެ ވަނަ ކެޓަގަރީގައި ހިމެނެނީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާއި ވަޒީފާގައި ނޫޅޭ މީހުންގެ 50 ފުރުސަތެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، "ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިން ސްކޮލާޝިޕް ސްކީމް 2024" ގެ ނަމުގައި ކުރިއަށް ގެންދާ ސްކޮލާޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް ކަމަށެވެ.

ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތައް:

1. ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.

2. CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.

3. މިނިސްޓްރީން ނުވަތަ ކުރިން ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

4. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

އެ ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ.