ލަ ޕްލާޓާ، އާޖެންޓީނާ (ޖޫން 12) - ފާއިތުވި އަހަރުތަކުގައި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ޑޮމިނޭޓް ކުރަމުން ދިޔަ ޔޫރަޕްގެ ގައުމުތައް ހުއްޓުވައި، އުރުގުއޭ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
12 ޖޫން 2023
ލަ ޕްލާޓާ، އާޖެންޓީނާ (ޖޫން 12) - ފާއިތުވި އަހަރުތަކުގައި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ޑޮމިނޭޓް ކުރަމުން ދިޔަ ޔޫރަޕްގެ ގައުމުތައް ހުއްޓުވައި، އުރުގުއޭ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އުރުގުއޭ އިން ޗެމްޕިއަންކަން ހޯދީ އެސްޓާޑިއޯ ޔުނިކޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާ ގައި އިޓަލީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. އުރުގުއޭ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗު ނިމެނިކޮށް ކާމިޔާބު ކުރީ ފޯވާޑް ލޫސިއާނޯ ރޮޑްރިގޭޒް އެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ޗެލްސީގެ ޔޫތު ޓީމަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު ސެޒާރޭ ކަސާޑޭ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް އިޓަލީގެ ސެބަސްޓިއާނޯ ޑިސްޕްލާންޝެސް ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެމެރިކާ އެވެ.
ފާއިތުވި ހަތަރު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫކްރޭނުން 2019 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރިއިރު، އޭގެ ކުރިން 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ އިންގްލެންޑެވެ. އަދި ސާބިއާ އިން 2015 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު 2013 ގެ ޗެމްޕިއަނުންނަކީ ފްރާންސް އެވެ.
މީގެ ކުރިން އެންމެ ފަހުން މުބާރާތް ކާމިޔާބު ކުރީ ބްރެޒިލް އެވެ. އެއީ 2011 ވަނަ އަހަރު ޕޯޗުގަލް ބަލިކޮށްފަ އެވެ. ބްރެޒިލް އިން ފަސް ފަހަރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވާއިރު އެންމެ ކާމިޔާބީ ހަ ފަހަރު ތަށި ހޯދާފައިވާ އާޖެންޓީނާ އެވެ.
މި މުބާރާތް ފުރަތަމަ ބާއްވާގޮތަށް ހަމަޖެހުނީ އިންޑޮނޭޝިއާގަ އެވެ. ނަމަވެސް އިޒްރޭލް މުބާރާތަށް ކޮލިފައި ވުމުން އިންޑޮނޭޝިއާ އިން ވަނީ އިޒްރޭލު ޓީމު އެގައުމަށް އަރުވަން ދެކޮޅު ހަދައިފަ އެވެ. އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހެދުމުން، ފީފާ އިން އެ ފުރުސަތު އިންޑޮނޭޝިއާ އަތުން އަތުލައި އާޖެންޓީނާގައި މުބާރާތް ބާއްވާގޮތަށް ނިންމީ އެވެ.
އިޒްރޭލް ވަނީ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. ސެމީގައި އެޓީމު ވަނީ އުރުގުއޭ އަތުން ބަލިވެފަ އެވެ. ނަމަވެސް ސެމީގައި އިޓަލީ އަތުން ބަލިވި ދެކުނު ކޮރެއާ ބަލިކޮށް މުބާރާތުގެ ތިންވަނަ ހޯދީ އިޒްރޭލުންނެވެ. މިއީ އިޒްރޭލް މި މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރު ވެސް މެއެވެ. އެޓީމުން ވަނީ ކުއާޓާ ފައިނަލްގައި ބްރެޒިލް ބަލިކޮށްފަ އެވެ.
މުބާރާތް ބޭއްވި އާޖެންޓީނާ ކެޓީ، ގަދަ 16 ޓީމު ވާދަކުރި ބުރުގައި ނައިޖީރިއާ އަތުން ބަލިވެގެންނެވެ.
ރެފްރީންނާ ދިމާކުރި އުރުގުއޭ ކުޅުންތެރިންނަށް އަދަބުދީފި
ފީފާގެ ރައީސްގެ ތައުރީފު އެފްއޭއެމްގެ މަސައްކަތަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމާލަނީ
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
ފީފާއާ ދެކޮޅަށް މަލްޓިބިލިއަން ޕައުންޑުގެ ދައުވާއެއް
ފީފާގެ އޮފީސް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން ފާޑުކިޔަނީ
ދަނޑު ފުރާނުލެވުމުން ޓިކެޓް އަގު ބޮޑުތަނުން ދަށްކޮށްފި
ޓްރަމްޕްގެ ޕޮލިސީ ބަދަލުކުރަން ފީފާގެ އެހީއަށް އެދިއްޖެ
ކްލަބް ވޯލްޑް ކަޕްގެ ދަނޑުތައް ކަމަކު ނުދޭ: ވެންގާ