Roadha Mihaaru
13 އަހަރުން ދަށުގެ ސްކޫލް ޗެމްޕިއަންކަން ކަލާފާނަށް

ހުރިހާ މެޗަކުން މޮޅުވެ ރެކޯޑަކާ އެކު 13 އަހަރުން ދަށުގެ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންކަން ކަލާފާނަށް

12 ޖޫން 2023

ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް 3-0 އިން މޮޅުވެގެން ކަލާފާނު ސްކޫލުން މިއަހަރުގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް 3-0 އިން މޮޅުވެގެން ކަލާފާނު ސްކޫލުން މިއަހަރުގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފި އެވެ.

އެފްއޭއެމުން މިއަހަރު ބޭއްވި އިންޓަ ސްކޫލް 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް ކުޅެފަ އެވެ. އިސްކަންދަރު ސްކޫލް އަތުން 15 އަހަރުން ދަށުގެ ފައިނަލުން ބަލިވި އިރު، އޭގެ ކުރިން 17 އަހަރުން ދަށުގެ ފައިނަލްގައި ބަލިވީ ރެހެންދި ސްކޫލް އަތުންނެވެ.

ގަލޮޅު ދަނޑުގައި ރޭ އަހުމަދިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި ކަލާފާނުން ވަނީ މެޗު ފަށައިގެން ހަތްވަނަ ސިކުންތުގައި ގޯލު ޖަހައި ލީޑު ހޯދައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އީހާން އިބްރާހިމް އެވެ.

އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަލާފާން ސްކޫލްގެ ކެޕްޓަން އިލްހާމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަލާފާން ސްކޫލްގެ ކެޕްޓަން އިލްހާމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލީޑު ފުޅާ ކުރަން އިތުރު ދެ ގޯލު ކާމިޔާބު ކުރީ މެޗުގެ ފަހު ވަގުތު އެވެ. ގާތްގާތުގައި މި ދެ ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ހުސެއިން އިލްހާމް އިބްރާހިމް އާއި މުހައްމަދު ނަޝާމް ނިޔާޒް އެވެ.

ކަލާފާނު ސްކޫލޫން މުބާރާތް ކާމިޔާބު ކުރީ ހުރިހާ މެޗަކުން މޮޅުވުމުގެ އިތުރަށް، މުބާރާތުގައި ކުޅުނު ހަ މެޗުގައި ވެސް އެޓީމުގެ ގޯލްކީޕަރު މުހައްމަދު ގިދާފް ޒިޔާދު ބެލެހެއްޓި ގޯލަށް ލަނޑެއް ވަނަ ނުދީ އެވެ. އެޓީމުން މުބާރާތުގައި 32 ގޯލު ޖަހައިފައި ވެއެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ކަލާފާނުގެ އިލްހާމް އެވެ.

އެންމެ މޮޅު ކޯޗަކަށް ކަލާފާނު ސްކޫލުގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 36 ސްކޫލުން ވަނީ ވާދަ ކޮށްފަ އެވެ.