11 ޖޫން 2023
ޗައިނާގެ ޖާސޫސީ އިދާރާގެ ޔުނިޓެއް ކިއުބާގައި ގާއިމުކޮށް އެމެރިކާ އަށް ފާރަލަމުން ދާތާ އަހަރުތަކެއް ވެފައިވާ ކަމަށް އެމެރިކާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ޗައިނާގެ ޖާސޫސީ އިދާރާގެ ޔުނިޓެއް ކިއުބާގައި ގާއިމުކޮށް އެމެރިކާ އަށް ފާރަލަމުން ދާތާ އަހަރުތަކެއް ވެފައިވާ ކަމަށް އެމެރިކާ ސަރުކާރުން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ޖާސޫސީ މައުލޫމާތު އެއްކުރުމަށް މީގެ އަހަރުތަކެއް ގާއިމުކުރި އެ ޔުނިޓް، 2019 ވަނަ އެހަރުން ފެށިގެން ވަނީ ފެންވަރު މަތިކޮށްފަ އެވެ. ވައިޓް ހައުސް އިން މި ބަޔާން ނެރުނީ، ދޭދޭ ގައުމުތަކުގެ ދެމެދުގައި ކުރާ މުވާސަލާތީ މުއާމަލާތްތައް، އަޑުއަހާނެ އިލެކްޓްރޯނިކް ވަސީލަތްތަކެއް ގާއިމުކުރާނެ އެކުވެންޏެއް ކިއުބާގައި ހެދުމާ ބެހޭ ގޮތުން، ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް ނޫހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އެ އެކުވެނި ބިނާކުރަން ހަމަޖެހިފައިވަނީ އެމެރިކާގެ ދެކުނުގައި އޮންނަ ފްލޮރިޑާއާ 160 ކިލޯމީޓަރު ކައިރި ހިސާބެއްގަ އެވެ. އެކަމާ ބެހޭ ގޮތުން ޗައިނާ އާއި ކިއުބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު އެނގޭ ބަޔަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުން، އެ އެކުވެނި ބިނާކުރުމަށް ޗައިނާ ސަރުކާރުން ކިއުބާ ސަރުކާރަށް އެތައް ބިލިއަން ޑޮލަރެއް ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އެއްބަސްވުމުގައިވާ ގޮތުން އެކުވެނި ގާއިމުކޮށް ނިމުމުން ޗައިނާ ސަރުކާރުން ފޮނުވާ އިލެކްޓްރޯނިކް އާލާތްތަކެއް އެ ތަނުގައި ބަހައްޓާނެ އެވެ. އެ އާލާތްތަކަކީ، އެމެރިކާ އާއި އެހެން ގައުމުތަކާ ދެމެދު ކުރާ ފޯން ކޯލްތަކާއި ފޮނުވާ އީމެއިލްތަކާއި އެ ނޫން އިލެކްޓްރޯނިކް ޑާޓާތައް ބަލައި އަޑު އެހުމުގެ ގާބިލުކަން ލިބިގެންވާ އާލާތްތަކެކެވެ.
ވޯލް ޖާނަލް ސްޓްރީޓްގައި ހުރި ވާހަކަތަކާ ބެހޭ ގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އެ ރިޕޯޓް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ ރިޕޯޓްގައި ހުރި ހުރިހާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން ރަނގަޅު ނޫނީ ކޮން ވާހަކަތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޕެޓްރިކް ރައިޑާ ވިދާޅުވީ އާ ބާވަތެއްގެ ޖާސޫސީ ސްޓޭޝަނެއް، ޗައިނާ އާއި ކިއުބާ އިން އުފައްދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
ކިއުބާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާލޯސް ފެރެނަންޑޭޒް ވިދާޅުވި ގޮތުގައި އެ ނޫހުގައި ހުރި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި އެއީ ކިއުބާއަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް އެމެރިކާ ސަރުކާރުން އަޅާފައިވާ ޒަމާންވީ ފިޔަވަޅުތަކަކީ ހައްގު ފިޔަވަޅުތަކެއް ދެއްކުމުގެ ގޮތުން، އެމެރިކާ ސަރުކާރުން އަމިއްލައަށް އުފައްދައިގެން ފަތުރާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާއިން އިސްކަން ދެނީ ހިލޭ އެހީ ދިނުމަށް: ސަފީރު
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާގެ ސަފީރު، އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް