Roadha Mihaaru
ސިމްޑީ އިން ގޭތެރެ އާއި ބަދިގެ ސާމާނުން ޑިސްކައުންޓް

ހޯމް ސްވީޓް ހޯމް: ސިމްޑީ އިން ގޭތެރެ އާއި ބަދިގެ ސާމާނުން ޑިސްކައުންޓް

11 ޖޫން 2023

ސިމްޑީ ރެސޫގައި ހޯމް އެޕްލަޔަންސްއިން ޑިސްކައުންޓު ލިބޭ "ހޯމް ސްވީޓް ހޯމް" ޕްރޮމޯޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީ ރެސޫގައި ހޯމް އެޕްލަޔަންސްއިން ޑިސްކައުންޓު ލިބޭ "ހޯމް ސްވީޓް ހޯމް" ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ސިމްޑީއިން ވިއްކާ ޕްރިމިއަމް ހޯމް އެޕްލަޔަންއިން 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ހިމަނާފައިވާ ޕްރޮޑަކްޓުތަކުގެ ތެރޭގައި ވެކިއުމް ކްލީނާ، އަވަން، މައިކްރޯވޭވް، ފްރިޖް، ފްރަންޓްލޯޑް ވޮޝިން މެޝިން އަދި ކޮފީ މެޝިން ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

ޕްރޮމޯޝަނާއި ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓެއް.

ސިމްޑީ އިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހެޔޮ އަގުތަކެއްގައި ގޭތެރެ އަޕްގްރޭޑުކުރުމަށް ދޭ ފުރުސަތެކެވެ. "ހޯމް ސްވީޓް ހޯމް" ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.

ސިމްޑީ ރެސޫގައި ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ގިނަ އެޕްލަޔަންތަކެއް ހުރެ އެވެ. މިއީ ހެޔޮ އަގުތަކެއްގައި ލިބެން ހުރި ކޮލެޓީ ޕްރޮޑަކްޓުތަކެއް ކަމަށް ސިމްޑީއިން ބުނެ އެވެ.

ސިމްޑީ ރެސޫ އަކީ އިލީ ކޮފީ އާއި އިލެކްޓްރޮލަކްސް ޕްރޮޑަކްޓުތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.