30 ޖެނުއަރީ 2023
މި އަހަރު އެކި ދާއިރާތަކުން އާ ހިދުމަތްތަކާއި އުފެއްދުންތައް ތައާރަފްކޮށް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިމްޑީ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މި އަހަރު އެކި ދާއިރާތަކުން އާ ހިދުމަތްތަކާއި އުފެއްދުންތައް ތައާރަފްކޮށް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިމްޑީ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ސިމްޑީ ގުރޫޕަށް 22 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައި މިޝާލް ވިދާޅުވީ ސިމްޑީ އަކީ މާކެޓަށް އަންނަ ބަދަލުތަކަށް ފައިހަމަކުރަމުން، ހެދި ބޮޑުވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެ ކުންފުންޏަކީ ކަސްޓަމަރުންނަށް އިސްކަންދޭ، ކަސްޓަމަރުންނަށް ބޭނުންވާ ކޮލިޓީ ރަނގަޅު ހިދުމަތާއި ޕްރޮޑަކްޓުތައް އެތެރެކޮށް، ކަސްޓަމަރުންގެ ހިޔާލާ އެކު ތަރައްގީވަމުން އަންނަ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސިމްޑީން ހިންގާ "ކެނޮން" ފިހާރަ. -- ފޮޓޯ: މިހާރު
"2023 އަހަރަކީ އަޅުގަނޑުމެން ކުންފުނި އަނެއްކާ ވެސް އިތުރު ހަރުފަތަކަށް ދާނެ އަހަރެއް. އާ އުފެއްދުންތަކަކާއި ހިދުމަތްތަކެއް މި އަހަރު ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭނަން. އެ ކަންކަމުގެ މައުލޫމާތުތައް ހިއްސާކުރުމަށް އަޅުގަނޑުމެން މި ތިބީ ކެތްމަދުވެފައި،" އޭނާ ވިދާޅުވި އެވެ.
މިޝާލް ވިދާޅުވީ އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ދުނިޔޭގެ ބޮޑެތި އެކި ބްރޭންޑުތަކާއި އެ ކުންފުނިން ބަހައްޓަމުން ދާ ގާތްކަމާއި، ކޮލިޓީ މޮޅު ބްރޭންޑުތަކެއް ރާއްޖޭގެ މާކެޓަށް ނެރެމުން ދާތީ ކަމަށެވެ. އަދި އެ ކުންފުނީގެ ކާމިޔާބީއަށް ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
ސިމްޑީގެ ކަސްޓަމަރަކު އެ ކުންފުނީގެ މޯބައިލް އެޕް ބޭނުންކުރަނީ. -- ފޮޓޯ:ސިމްޑީ
"އަޅުގަނޑުމެންގެ ކުންފުނި މި ހިސާބަށް ގެނައުމުގައި ތިބީ އަޅުގަނޑުމެންގެ ލޯޔަލް ކަސްޓަމަރުން. އަދި މުވައްޒަފުންގެ މިންނަތް މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ޕްރޮޑަކުތައް މާކެޓަށް ނެރެ ވިއްކަމުންދާ ސިމްޑީ އަކީ އެކި ދާއިރާތަކާ ގުޅުން ހުރި ތަކެތި ވިއްކާ އެކި ދާއިރާތަކުން ހިދުމަތްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ހިފައި ގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކްސް އަދި ފޮޓޯގްރަފީ އާއި ރިސޯޓުތަކަށް ހާއްސަ ސަޕްލައިކުރުން ފަދަ ދާއިރާތަކުން ވިޔަފާރި އަންނަނީ ކުރަމުންނެވެ. އަދި އެ ކުންފުނީގެ ދަށުން "ބިއޯންޑް"ގެ ނަމުގައި އެއާލައިނެއް ނެރުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.
އެ ކުންފުނިން 15،000 އަށް ވުރެ ގިނަ ޕްރޮޑަކްޓް އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި 200 ބްރޭންޑުގެ މުދާ ހިމެނެ އެވެ.
ސިމްޑީ އަކީ، އިލީ ކޮފީ، ކެނޮން އަދި ދިލްމާ ޓީ ފަދަ މަގުބޫލު އެކި ބްރޭންޑުތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ސިމްޑީގެ ދަށުން މި ވަގުތު ހިންގަމުންދާ 4 ވިޔަފާރިއެއް އޮވެ އެވެ. އެއީ ސިމްޑީ ރެސޫ، ސިމްޑީ ޓެކް، ސިމްޑީ ބެވް އަދި ސިމްޑީ ސީޕީޑީ އެވެ.
ސިމްޑީ ރެސޫއަށް "މޮނިން"ގެ ޕްރޮޑަކްޓުތައް
"ބިއޯންޑް"ގެ ކްރޫއާއި ޕައިލެޓުންނަށް ދިވެހިން ހޯޯދަނީ
ސިމްޑީއިން ކެނޮން ފޮޓޯގްރަފީ ކޯސްތަކެއް ހިންގަނީ
ހުޅުމާލެ އަށް ސިމްޑީގެ ފިހާރައެއް
ސިމްޑީ އިން ގޭތެރެ އާއި ބަދިގެ ސާމާނުން ޑިސްކައުންޓް
ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި
އީދު ހަދިޔާ އަށް ސިމްޑީން ގިފްޓު ޕެކެއް
ރޯދަ ހަދިޔާއަކަށް ފޮނުވަންވީ ސިމްޑީގެ ހަދިޔާ ޕެކެއް
ސިމްޑީން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
"ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި