Roadha Mihaaru
ރޯދަ ހަދިޔާއަކަށް ފޮނުވަންވީ ސިމްޑީގެ ހަދިޔާ ޕެކެއް

ރޯދަ ހަދިޔާއަކަށް ފޮނުވަންވީ ސިމްޑީގެ ހަދިޔާ ޕެކެއް

21 މާޗް 2023

ރޯދަ ހަދިޔާ ދިނުމަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް އާންމު، ރީތި އާދައެކެވެ. އެކަން އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށް ސިމްޑީން މިހާރު ވަނީ "ރޯދަ ހަދިޔާ"ގެ ނަމުގައި ހާއްސަ ޕެކުތަކެއް ނެރެފަ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރޯދަ ހަދިޔާ ދިނުމަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް އާންމު، ރީތި އާދައެކެވެ. އެކަން އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށް ސިމްޑީން މިހާރު ވަނީ "ރޯދަ ހަދިޔާ"ގެ ނަމުގައި ހާއްސަ ޕެކުތަކެއް ނެރެފަ އެވެ.

އެ ޕެކުތަކުގެ ތެރޭގައި ހަތަރު އަގެއްގެ ހަތަރު ޕެކެއް ހިމެނެ އެވެ. އޭގެ ތެރޭގައި 500ރ. ގެ ޕެކަކާއި، 1،000ރ. ގެ ޕެކަކާއި 1،500ރ. ޕެކަކާއި 2،000ރ. ގެ ޕެކެއް ހިމެނެ އެވެ. ރޯދަ ހަދިޔާގެ ގޮތުގައި ސިމްޑީން ނެރެފައިވާ ގިފްޓު ޕެކުތަކުގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ވިއްކާ ޖޫސް ހަދާ، މޯނިން ބްރޭންޑުގެ ސިރަޕާއި އިލީ ކޮފީ އާއި ދުނާރު ރައިސް ފަދަ ޕްރޮޑަކްޓުތަކެކެވެ.

ސިމްޑީން ބުނި ގޮތުގައި "ރޯދަ ހަދިޔާ" ޕެކުތަކަކީ ކަސްޓަމަރު ބޭނުން ފަރާތަކަށް ޑެލިވާ ކޮށްދޭނެ ޕެކުތަކެކެވެ. އެގޮތުން ސިމްޑީ އެޕް މެދުވެރިކޮށް އޯޑަރު ކުރާއިރު، ފޮނުވަން ބޭނުންވާ ފަރާތުގެ އެޑްރެސް ހިމެނުމުން އެ ފަރާތަކަށް އެ "ރޯދަ ހަދިޔާ" ޕެކު ޑެލިވާކޮށްދޭނެ އެވެ. އަދި މި ޕެކުތައް ފޮނުވާ އިރު، ޕެކު ދޭން ބޭނުންވާ ފަރާތަށް ހާއްސަ މެސެޖެއް ދޭން ބޭނުންވާ ނަމަ އެ މެސެޖެއް ވެސް ހިމެނޭނެ އެވެ.

ސިމްޑީން ނެރެފައިވާ "ރޯދަ ހަދިޔާ" ޕެކުތަކާ ގުޅޭ ޕޯސްޓެއް.

ސިމްޑީން މި އަހަރުގެ ރޯދަމަހާ ދިމާކޮށް ތައާރަފް ކުރި "ރޯދަ ހަދިޔާ"ގެ އިތުރުން 100،000ރ. ހުށަހަޅާފައިވާ ޕްރޮމޯޝަނެއް އަންނަނީ ކުރިއަށެވެ.

އެ ޕްރޮމޯޝަނަކީ ސިމްޑީގެ ފިހާރަތަކުންނާއި އެޕްލިކޭޝަން މެދުވެރިކޮށް 500ރ. އިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 100،000ރ. އެވެ. ދެ ވަނަ އަށް 50،000ރ. ރުފިޔާ އަދި ތިން ވަނަ އަށް 25،000ރ. ހޯމް ޕެކެކެވެ. އެ ޕެކުގައި ގޭތެރެއަށް ބޭނުންވާ އަގުހުރި އިނާމު ހިމެނޭނެ އެވެ.

ސިމްޑީގެ އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ ފަރާތަކަށް 500ރ.ގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. އެ ވައުޗަރު ލިބޭ ފަރާތެއް ހޮވުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ އާދިއްތަ ދުވަހަކު އޮންނާނެ އެވެ.

މި ދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަނުގައި ފާއިތުވެ ދިޔަ ހަފްތާތަކުގައި ހަފްތާގެ އިނާމު ލިބުނު ފަރާތްތައް ހޮވާ އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

ސިމްޑީގެ މޮބައިލް އެޕްލިކޭޝަން ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.