Roadha Mihaaru
ސިމްޑީން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ރޯދައަށް ސިމްޑީން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

18 ފެބުރުއަރީ 2023

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް “ސިމްޑީ ރަމަދާން ޕްރޮމޯޝަން” މާދަމާ ފަށަން ހަމަޖެހިފައިވާކަން އިއުލާނު ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް “ސިމްޑީ ރަމަދާން ޕްރޮމޯޝަން” މާދަމާ ފަށަން ހަމަޖެހިފައިވާކަން އިއުލާނު ކޮށްފި އެވެ.

އެ ޕްރޮމޯޝަނުގައި ސިމްޑީގެ ފިހާރަތަކުންނާއި އެޕްލިކޭޝަން މެދުވެރިކޮށް 500ރ. އިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަނުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ އެއްލައްކަ ރުފިޔާ އެވެ. ދެ ވަނަ އަށް ބައިލައްކަ ރުފިޔާ އަދި ތިން ވަނަ އަށް 25،000 ރުފިޔާގެ ހޯމް ޕެކެއް ލިބޭނެ އެވެ. އެ ޕެކުގައި ގޭތެރެއަށް ބޭނުންވާ އަގުހުރި އިނާމު ހިމެނޭނެ އެވެ.

ސިމްޑީގެ އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 500ރ.ގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. އެ ވައުޗަރު ލިބޭ ފަރާތެއް ހޮވުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ އާދިއްތަ ދުވަހަކު އޮންނާނެ އެވެ.

އެ ޕްރޮމޯޝަނާ އެކު ރޯދައަށް ހާއްސަކޮށް ގިފްޓު ޕެކުތަކެެއް ވެސް ސިމްޑީން ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކުތަކަކީ މޯނިން ޖޫސް ހަދާ ސިރަޕް އިލީ ކޮފީ ދުނާރު ރައިސް ފަދަ ސިމްޑީން ވިއްކާ ޕްރޮޑަކްޓުތައް ހިމެނޭ ޕެކުތަކެކެވެ.

ސިމްޑީން ހަތަރު އަގެއްގެ ހަތަރު ޕެކެއްް ތައާރަފްކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 500ރ. ގެ ޕެކަކާއި، 1000ރ. އަދި 1500ރ. އާއި 2000ރ. ގެ ޕެކެކެވެ. މި ޕެކުތައް ބޭނުން ފަރާތަކަށް ސިމްޑީ މެދުވެރިކޮށް ފޮނުވޭނެ އެވެ.

ސިމްޑީގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހިމް ހަމީޝް ވިދާޅުވި ގޮތުގައި އެފަދަ ޕެކުތަކެއް ތައާރަފްކުރީ ކަސްޓަމަރުންނަށް ރޯދަ ހަދިޔާ ބަދަލުކުރުމަށް ލުއި ގޮތެއް ފަހިކޮށް ދިނުމަށެވެ.

ޕްރޮމޯޝަނާ ގުޅޭ ގޮތުން ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝާލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެ ޕްރޮމޯޝަނަކީ ރޯދައަށް ކަސްޓަމަރުންނަށް ކަމުދާނެ އަގުހުރި ހަދިޔާތަކެއް ފޯރުކޮށް ދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

ސިމްޑީގެ އެ ޕްރޮމޯޝަން ތިނެއް މެއިގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.