Roadha Mihaaru
ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި

ސިމްޑީ ރޯދަ ޕްރޮމޯޝަންގެ 100،000ރ. ދީފި

04 މެއި 2023

ސިމްޑީގެ ރޯދަ ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހެޅި 100،00ރ. ލިބުނު ފަރާތް އިއުލާނުކޮށް އިނާމު ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީގެ ރޯދަ ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް ހުށަހެޅި 100،00ރ. ލިބުނު ފަރާތް އިއުލާނުކޮށް އިނާމު ހަވާލުކޮށްފި އެވެ.

މުޅި ޕްރޮމޯޝަނުގެ އެންމެ ނަސީބުވެރި ތިން ފަރާތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި ޕްރޮމޯޝަނުގެ އެންމެ ނަސީބުވެރި ތިން ފަރާތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު ސިމްޑީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތު ރޯދަ ޕްރޮމޯޝަންގެ އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

ޕްރޮމޯޝަނުގެ އެއް ވަނަ އަށް ހޮވުނީ އައިމިނަތު ހަލީމެވެ. އޭނާއަށް ލިބުނު 100،000ރ. ރަމްޒީ ގޮތުން ހަވާލުކޮށް ފައިސާ އޭނާގެ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. ދެ ވަނަ އަށް ދިޔަ އަހުމަދު ނިޝާނަށް ލިބުނު ބައި ލައްކަ ރުފިޔާ ވެސް ރަމްޒީކޮށް ހަވާލުކޮށް އޭނާގެ އެކައުންޓަށް ފައިސާ ވަނީ ޖަމާކޮށްފަ އެވެ.

ގުރުއަތުން ދެ ވަނަ އަށް ހޮވުނު ފަރާތަށް އިނާމު ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރުއަތުން ދެ ވަނަ އަށް ހޮވުނު ފަރާތަށް އިނާމު ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ރަސްމިއްޔާތުގައި ޕްރޮމޯޝަނުގެ ތިން ވަނަ އަށް ދިޔަ މުހައްމަދު އަހްޝަން ހަބީބަށް ލިބުނު 25،000ރ. ގެ ހޯމްޕެކެއް ވަނީ ހަވާލުކޮށްފަ އެވެ.

ޕްރޮމޯޝަނުގެ ތިން ވަނައަށް ދިޔަ ފަރާތަށް އިނާމު ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްރޮމޯޝަނުގެ ތިން ވަނައަށް ދިޔަ ފަރާތަށް އިނާމު ހަވާލުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސިމްޑީގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ދިޔައީ ފެބްރުއަރީ 19 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދިޔައީ ސިމްޑީގެ ފިހާރަތަކުންނާއި އެޕްލިކޭޝަން މެދުވެރިކޮށް 500ރ. އިން މަތީގެ ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގަ އެވެ.

މި އަހަރުގެ ސިމްޑީގެ ރޯދަ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު "ވީކްލީ" އިނާމުތަކެއް ވެސް ދިނެވެ.