11 ޖޫން 2023
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ، އަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ، ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ، އަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ، ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަބްދުﷲ ޖަމީލު އަވަހާރުވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އަބްދުﷲ ޖަމީލުގެ ޖަނާޒާ ބޭއްވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ. މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖަމީލް އުމުރުން 87 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޢަބްދުﷲ ޖަމީލަކީ، މޭ 6، 1953 އިން ފެށިގެން، 54 އަހަރަށް ވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލް ވަޒީރުކަން ކުރެއްވި މިނިސްޓްރީތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީ ހިމެނެ އެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ އެކި މަގާމުތަކާއި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ކުރެއްވި އެވެ.
އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އެވެ.
އަބްދުﷲ ޖަމީލް އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ. އަބްދުﷲ ޖަމީލަކީ ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ފަތުހުﷲ ޖަމީލާއި ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"
ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ
އުމަރު ޒާހިރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
އިބޫގެ މަންމާފުޅުގެ ކަށުނަމާދު އިމާމަކީ ލޯފަން ދަރިފުޅު
ކުރީގެ ރައީސް އިބޫގެ މަންމާފުޅު އަވަހާރަވެއްޖެ
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި އެތައް ދުވަހެއް!
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި