09 ޖޫން 2023
މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯލް ކްލަބް ކަޓައި، ރަނަރަޕް ރެޑްހޯކްސް ސްޕޯޓްސް ކްލަބާއި ކީންސް ސްޕޯޓްސް ކްލަބް، ހަވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯލް ކްލަބް ކަޓައި، ރަނަރަޕް ރެޑްހޯކްސް ސްޕޯޓްސް ކްލަބާއި ކީންސް ސްޕޯޓްސް ކްލަބް، ހަވަނަ މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އޮރިކްސް އާ ވާދަކޮށް ރެޑްހޯކްސް މޮޅުވީ 22-20 އިންނެވެ. ދެޓީމުގެ ފަރާތުން ވެސް ވާދަވެރިކަން ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ވެސް ކުރީގައި އޮތީ އޮރިކްސް އެވެ. ރެޑްހޯކްސް އިން ލީޑު ހޯދީ ފަހު ހާފުގަ އެވެ.
ކީންސް ފައިނަލަށް ދަތުރުކުރީ، ރޭ ކުޅުނު ދެވަނަ ސެމީފައިނަލް މެޗުގައި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް 31-30 އިން ބަލިކޮށްފަ އެވެ. ދެ ޓީމު ވެސް ދާދި ހަމަހަމަކޮށް ފެނުނުއިރު މެޗުގެ ފަހުކޮޅު ތުޅާދޫ ޔަންގް އީގަލްސް އިން ތިން ގޯލުގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ފަހުވަގުތު ކީންސް އިން ނަތީޖާ އެއްވަރުކޮށް، ލީޑު ހޯދީ އެވެ.
ޖުމްލަ 17 ޓީމު ވާދަކުރި އަންހެން ޑިވިޝަނުގެ ފައިނަލަށް ރެޑްހޯކްސް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ކީންސް ސްޕޯޓްސް ވަނީ ގުރޫޕް ސްޓޭޖުގައި ކްލަބް ޒެފްރޯލް އަތުން ބަލިވެފަ އެވެ. ކީންސް އަކީ ވެސް ރެޑްހޯކްސްގެ މެނޭޖްމެންޓުން ދަށުން ހިންގާ ކްލަބެކެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާ ޓީމުތައް ވެސް ވަނީ ޔަގީން ވެފަ އެވެ. ފިރިހެން ފައިނަލްގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޒެފްރޯލް އެވެ.
އަންހެން އަދި ފިރިހެން ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ހަވީރު 5 ޖަހާއިރު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ފަހު، އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ ރޭގަނޑު 8 ޖަހާއިރެވެ.
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ހޭންޑްބޯޅަ:ގައުމީ ޗެމްޕިއަން ޖީބީ އާއި ރެޑްހޯކްސް
ޝަރަފުވެރި އެވޯޑް ދިން އިރު ވެސް އޮތީ ހިޔާނާތް!
ހޭންޑްބޯޅައިގެ ރައީސް އާއި ޖީއެސްގެ މައްސަލަ އޭސީސީއަށް
ހޭންޑްބޯޅައިގެ ޖީއެސް އަންވަރު މަގާމުން ވަކިކޮށްފި
މަލާމާތްތަކުން ގުޑުވައެއް ނުލުވެނު، އެރީ އެއްވަނަ އަށް
20 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމަށް ބްރޯންޒް މެޑަލް
ޒުވާން ހޭންޑްބޯޅަ ދެ ޓީމު ވެސް ފެށީ އިތުބާރާ އެކު
ހޭންޑްބޯލް ޗެމްޕިއަނުންނަކީ ރެޑްހޯކްސް އާއި ޒެފްރޯލް
ހޭންޑްބޯލް: ފިރިހެން ފައިނަލަށް ސިފައިންނާއި ޒެފްރޯލް