06 ޖޫން 2023
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެކަނިި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެކަނިި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މި އަހަރުގެ ބޮޑު އީދާ އެކު، ސަރުކާރުން ވަނީ، ކުރިން ރަސްމީ ދުވަސްތަކުގެ ގޮތުގައި އޮތް ދެ ދުވަސް [މި މަހުހެ 25 އާއި 26] ބަންދުކޮށްލައިފަ އެވެ. އެހެންވެ، އީދު ބަންދަށް މިފަހަރު ނުވަ ދުވަސް ލިބެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ.
އެމްއެމްއޭ އިން ބުނީ ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް މި މަހުގެ 26 ވަނަ ދުވަހުގެ 8:30 އިން މެންދުރު 2:00 އަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ސިޓީ އާއި އެހެން ތަކެތި ބަލައިގަތުން 9:00 އިން 2:00 އަށް ކުރިއަށްދާނެ ކަމަށެވެ.
އީދު ބަންދުގައި ބޭންކުތައް ހުޅުވުން 26 ވަނަ ދުވަހަށް ކަނޑައެޅި އިރު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު އޮފީސްތަކުން މުސާރައާ ގުޅޭ މައުލޫމާތުތައް މި މަހުގެ 19 ގެ ކުރިން ހުށަހަޅައި، މި މަހުގެ 22 ވަނަ މުސާރަ ޕްރޮސެސް ކުރާނެ ކަމަށް އަންގައިފަ އެވެ.
އީދު ބަންދުގައި ބޭންކުތައް ހުޅުވާނީ 29 ގައި އެކަނި
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
މި މަހުގެ މުސާރަ 22 ގެ ކުރިން ދޭންޖެހޭ
އަޒުމަކަށް ހަދަންވީ ހިތްހެޔޮކަން އިސްކުރުން: ރައީސް
އީދުބަންދަށް އައިޖީއެމްއެޗުގެ ހިދުމަތްތައް މެދުކަނޑަލަނީ
އީދުގެ ފުރަތަމަ ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
ކިނބިދޫ މޮނިޓަރިންގައި، އީދު ކުޅިވަރުތައް ކުރިއަށް
އީދު ކުޅިވަރުގެ ފޯރި ކުޑަޔަސް ނަލަހެދިލަންވާނެ
މި ރަށްރަށުގައި ކުޑަ ބަޖެޓަކުން އީދު ޗުއްޓީ ހެދިދާނެ