03 ޖޫން 2023
ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެ ގުނަ ވުމަކީ ކުރު މުއަދަތަކުން ގެނެވޭނެ އެންމެ ބޮޑު ބަދަލު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެ ގުނަ ވުމަކީ ކުރު މުއަދަތަކުން ގެނެވޭނެ އެންމެ ބޮޑު ބަދަލު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން ކުރި މަސައްކަތާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާ އެއްވާ ކަމަށެވެ.
އެހެންވެ، ރާއްޖޭގެ ހާލަތު ވަރު ހުރި އިގްތިސޯދެއްގެ މައްޗަށް ބިނާ ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"2028 ނިމޭއިރު، ރާއްޖޭގެ އިގްތިސޯދު ދެ ގުނަ ވެގެން ދިއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު ބަދަލު. މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރި ކަމަކީ 82 ބިލިއަން ރުފިޔާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ އިގްތިސޯދު ދެ ގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާ އަށް ގެންދެވޭ."
ރައީސް ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ފަސް އަހަރަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރަމުންނެވެ.
"ރާއްޖޭގެ އުތުރާއި ދެކުނުގައި މި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލައިދޭނެ ދުންކަރާސް. އޭގެ ބުޑުގައި ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މި ދަނީ ސަރާސަރުވެ ފެތުރެމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ނުވެ ދިވެހިން ބޭނުންވާ މަންޒިލް ނުފެންނާނެ ކަމަށެވެ. އަދި ޖަޒީރާ ދިރިއުޅުން ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަޖެހޭ ތަނަކީ އައްޑޫ ކަމަށާއި އެއީ ކުރިން ވެސް ފާހަގަކުރައްވާ ކަމެއް ކަމަށެވެ.
"މިއަދު މި އޮތީ ވާހަކައެއް ދެންނެވުމެއް ނޫން. މިއަދު މި އޮތީ މި ފެންނަ އަމަލީ މަންޒަރު ދެކި އެކަމަށް ހެކިވުން. މިއަދަކީ ތަރައްގީގެ ހެޔޮފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްގީގެ ހެޔޮ ބަދަލު އަމަލީ ގޮތުން އައުމުގެ ދުވަސް،" އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހު ކުރުމުގެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން 190 ހެކްޓަރުގެ ބިން އެ މަޝްރޫއުގެ ދަށުން އައްޑު އަށް އިތުރުވާނެ އެވެ.
"އަދި ހަމަ އެއާ އެކު އެކީ، އިތުރު މަޝްރޫއެއްގެ ގޮތުގައި ހުޅުމީދު އަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީ އަށް އިތުރުވާ ބިން. އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް. ރާއްޖެ އަށް ހެޔޮ ބަދަލު ގެނައުމަށް ތިޔަބޭފުޅުން ނުކުމެ ވަޑައިގަތީ މި މަޝްރޫއުތައް އައްޑޫ ސިޓީ އަށް ބޭނުންވާތީ. އެކަން އެ ދަނީ ހިނގަމުން،" ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވިދާޅުވި އެވެ
އައްޑޫއަށްޓަކައި ރައީސް އިންތިހާބުކޮށްދީ: އަސްލަމް
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި
އައްޑޫގެ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދެނީ
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުން އަންނަ މަހު
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
އައްޑޫ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު
ރައީސް ހަނދާން ކޮށްދެއްވީ ކޮވިޑާއެކު ކުރި ހޭދަތައް