11 ޖޫން 2023
އައްޑޫގެ އިގްތިސާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވުމަށް ހިންގާ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ އިގްތިސާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވުމަށް ހިންގާ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާގެ ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް ހާއްސަ އިސްކަމެއް ދީގެން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ވެސް އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިގުތިސާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން: ހަމްދާން، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ
"... މީގެ އިތުރުން ވެސް އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިގުތިސާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވިގޮތުގައި، އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން މި ސަރުކާރުން ޖެނުއަރީ 2021 އިން ފެށިގެން އައްޑޫގެ ބިމު ކުލި ރިސޯޓުތަކަށް އަކަ މީޓަރަކަށް 8 ޑޮލަރުން ދެ ޑޮލަރަށް ކުޑަކޮށް، އެންމެ ބޮޑުވެގެން ދައްކަން ޖެހޭ ކުލި ދެ މިލިއަން ޑޮލަރުން 8 ލައްކަ ޑޮލަރަށް ކުޑަކޮށްދިން ކަމަށެވެ.
ކުރިން އެއްވެސް ސަރުކާރަކުން އަޅާނުލައި ދޫކޮށްލާފައި އޮތް ޝަންގްރިއްލާގެ މައްސަލަ ހައްލުކޮށްދިނުމަށް ހިއްސާދާރުންނަށް އެއްބަސްވުމުގެ ދަށުން ސަރުކާރުން ދޭން ޖެހޭ ލޯނު މި ސަރުކާރުން ދިން ކަމަށާއި ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމުގެ ކަންކަން ވެސް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ރިސޯޓުތަކަށް އެހީތެރިވުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސަރުކާރުން ސީދާ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޓަވެންޝަނެއް ހަދަން ޖެހޭ ކަމަށް ދެކި، އިންވެސްޓްކުރަން ނިންމައި މަޝްރޫއުތަކެއް ރާވައި މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
އައްޑޫގައި ރިސޯޓު ތަރައްގީ ކުރުމަށް މިހާރު ވެސް ހިއްކައިގެން 8.3 ހެކްޓަރުގެ ތިން ރަށާއި ފަސް ހެކްޓަރުގެ ދެ ރަށް އުފެއްދުމުގެ މަސައްކަތް އެބަކުރެ އެވެ.
"މި ރަށްތަކުން 500 ކޮޓަރި ބާޒާރަށް ނެރެވޭނެ. ރަށްތައް އުފައްދައި ނިމެންވާއިރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
• ފްލެގްޝިޕް މަޝްރޫއެއްގެ ގޮތުގައި، ހަންކެޑެގައި 143 މިލިއަން ޑޮލަރަށް އިންޓެގްރޭޓެޑް ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެއީ 14 ހޮޓަލުގެ އިތުރުން ވިލާތަކާއި އެޕާޓްމަންޓްތަކުން 2،082 އެނދު އުފެއްދޭނެ މަޝްރޫއެއް.
• ހަންކެޑެ މަޝްރޫއު ޑިޒައިން ކޮށްފައި ވަނީ ވީހާ ވެސް ގިނަ އިގުތިސާދީ ފުރުސަތުތައް އައްޑޫގެ މީހުންނަށް ލިބޭނެ ގޮތަށް. ހަންކެޑެގައި ގާއިމްކުރާ ކޮންމެ ވަސީލަތަކީ ވަކިވަކި ވިޔަފާރިތަކަށް ކުއްޔަށް ދީގެން ވަކިން ހިންގޭނެ ތަންތަން.
• ހަންކެޑެ މަޝްރޫއުގެ ކޮންޓްރެކްޓުގައި އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގައި 75 ކޮޓަރީގެ ހަތަރު ގެސްޓް ހައުސް ހަދަން ހިމަނާފައިވޭ. އެއީ ޖުމްލަ 300 ކޮޓަރި.
• އައްޑޫގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހަދަން ދޫކުރެވުނު ބިންތަކުގައި، އެސްޑީއެފްސީ މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ގެސްޓްހައުސް އިމާރާތް ކުރުމުގެ މަޝްރޫއުއް ފެށުމަށް އަންނަނީ ތައްޔާރުވަމުން.
• 15-20 އަހަރުގެ މުއްދަތެއްގައި އަނބުރާ ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގައި ބައިވެރިވުމަށް 44 ފަރާތަކުން 58 ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. ޓޫރިސްޓް އެނދުގެ އަދަދުން ބަލާ ނަމަ އެއީ 2،870 އެނދު ހިމެނޭ މަޝްރޫއެއް.
• އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން މިހާރު ވަނީ ގަމުގައި ހުންނަ ދޫގަސް އަލުން ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރެއް ހޯދައިފައި. ދޫގަސްގައި ހަދަނީ 130 ކޮޓަރީގެ ޒަމާނީ ހޮޓަލެއް.
ހަމްދާން ވިދާޅުވި ގޮތުގައި، ދޫގަސް މަޝްރޫއުގެ ތެރެއިން ގަމުގައި އިތުރު 50 ކޮޓަރީގެ ހޮޓަލެއް ހަދާނެ އެވެ. އޭއައިއޭގެ ޕްރައިވެޓް ޝެއާހޯލްޑަރުންގެ އެހީތެރިކަމާއެކު ފައިސާ ހަމަޖެހިފައިވާ ދޫގަސް މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އިންވެސްޓްކުރާ މަޝްރޫޢުތައް ނިމުމުން އައްޑޫގައި މިހާރު ރަޖިސްޓަރީ ކޮށްފައިވާ 1،528 އެނދު (ޝަންގްރިލާ ހިމަނައިގެން) ގެ އިތުރަށް ގާތްގަނޑަކަށް 7،000 އެނދު އިތުރުކުރެވިގެން ދާނެ. މިހާރުގެ ބެޑް ކެޕޭސިޓީއަށް ހަތަރު ގުނައަށް ވުރެ ބޮޑު އަދަދެއް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ އާމްދަނީ 65 ޕަސެންޓު ދަށަށް
އިންކަމް ޓެކްސް ދައްކަން ތައްޔާރު: އާދަމް މަނިކު
އޮލިއާލިއާ-ސިމްޑީން ރާއްޖެ އަށް ބިޔަ ޕްރޮޖެކްޓްތަކެއް
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!