Roadha Mihaaru
ދަ ސާކަލްއިން އޭއައިއަށް ފަރިތަ ޖީލެއް ބިނާކުރަނީ

ދަ ސާކަލްއިން އޭއައިއަށް ފަރިތަ ޖީލެއް ބިނާކުރަނީ

28 މެއި 2023

އުމުރުން އެންމެ 11 އަހަރުގެ ޔޫސުފް ޔަނާލް މައުސޫމް ފަހުރުވެރިކަމާ އެކު ބުނެލީ ސިމްޕަލް އޭއައި މޮޑެލްއެއް ހަދަން މިހާރު އެނގޭނެ ކަމަށެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުމުރުން އެންމެ 11 އަހަރުގެ ޔޫސުފް ޔަނާލް މައުސޫމް ފަހުރުވެރިކަމާ އެކު ބުނެލީ ސިމްޕަލް އޭއައި މޮޑެލްއެއް ހަދަން މިހާރު އެނގޭނެ ކަމަށެވެ.

"އަސްލު އެއީ އެހާ އުނދަގޫކަމެއް ނޫން،" ދަ ސާކަލްގެ އެޑްވާންސް އޭއައި ކޯޑިން ޕްރޮގުރާމް ހަދަމުން އަންނަ ޔަނާލް ބުންޏެވެ.

ދުނިޔެ ތަރައްގީވެ ޓެކްނޮލަޖީ ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު، އެ ކުރިއެރުމާ އެއްވަރެއްގައި ހިފައްޓައި ވާދަކުރާނެ ޖީލެއް ބިނާ ކުރުމުގެ ގޮތުން އުގެއިލް ފައުންޑޭޝަނުގެ ދަ ސާކަލްއިން ދަނީ ކޯޑިން އެންޑް ކްރިޓިކަލް ތިންކިން، އެޑްވާންސްޑް ކޯޑިން އަދި އެޑްވާންސްޑް ކޯޑިން އޭއައި ފަދަ ޕްރޮގުރާމުތައް ހިންގަމުންނެވެ.

ޔަނާލް އަކީ އެ ޕްރޮގުރާމުތަކުގައި ބައިވެރިވި ދަރިވަރެކެވެ. ޓެކްނޮލޮޖީގެ މި ބޮޑު ކުރިއެރުން ފަހުމުވެ، ކޯޑިންއަށް އެންމެ ފުރަތަމަ ޔަނާލްގެ ލޯ ހުޅުވާލީ 2021 ވަނަ އަހަރުގައި އޭނާ ބައިވެރިވި ކޯޑިން އެންޑް ކްރިޓިކަލް ތިންކިން ޕްރޮގުރާމުންނެވެ. އެ ޕްރޮގުރާމުން އެޅި ބިންގަލުގެ މަތީގައި ސާބިތުވެ ހުރެ، އެ ދާއިރާގެ އިތުރު ކޯސްތައް ފުރިހަމަކުރަން ނިންމީ، އެންމެ ފުރަތަމަ ޕްރޮގުރާމުން ވެސް ޝައުގު ދަމައިގަތުމުން ކަމަށް ޔަނާލް ބުންޏެވެ.

ދަ ސާކަލްގެ އެޑްވާންސް ކޯޑިން އޭއައި ޕްރޮގުރާމު ހަދަމުންދާ ޔަނާލް.

ދަ ސާކަލްގެ އެޑްވާންސް ކޯޑިން އޭއައި ޕްރޮގުރާމު ހަދަމުންދާ ޔަނާލް.

"ވަރަށް އިންޓްރެސްޓިންކޮށް ވަރަށް ސިމްޕަލްކޮށް ލެސަންތައް ހުންނަނީ. އެކި ކަންކަމަށް ސުވާލު އުފެއްދުމުގެ ފުރުސަތު ލިބޭ. ކުރާ ސުވާލުތަކުގެ ޖަވާބު ލިބޭ. ފުރަތަމަ ޕްރޮގުރާމުގައި ވެސް ވެބްސައިޓު ހަދަން ދަސްވި. އޭރު އަދި ނައިން އިޔާޒް ވާނީ. ކޮމްޕްލިކޭޓެޑް ނޫން ގޮތަށް ވަރަށް އޭޖް ފްރެންޑްލީކޮށް ކިޔާ ދީގެން ދަސްކޮށްދިނީ." ޔަނާލް ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން ކޮމްޕިއުޓާ ސައިންޓިސްޓަކަށްވުމުގެ ހުވަފެން ދެކެމުންދާ ޔަނާލް އަށް ދަ ސާކަލްގެ ޕްރޮގުރާމުތައް ވެފައި ވަނީ ރަނުގެ ފުރުސަތަކަށެވެ.

"ކޮމްޕިޓާ އާއި ޓެކަށް އިންޓްރެސްޓް ހުރިއްޔާ މި ޕްރޮގުރާމުތައް ވަރަށް ކަމުދާނެ. ޔަނާލްއަށް ވެސް މި ޕްރޮގުރާމު އެހާ ސަޅިވީ ކިއުރިއަސްވެފައި ހުރި ކަންތައްތަކެއް ދަސްކޮށްދޭތީ." އޭނާ ބުންޏެވެ.

މިހާރު އެޑްވާންސްޑް ކޯޑިން އޭއައި ޕްރޮގުރާމު ހަދަމުން އަންނަ ޔަނާލްގެ އުއްމީދަކީ އޭއައި އެޕެއް ފަރުމާކޮށް ލޯންޗުކުރުމެވެ.

"ޓެކްނޮލަޖީގެ ޕޮސިބިލިޓީޒް ވަރަށް ގިނަ. އަޅުގަނޑު ބޭނުމީ ޗެޓްޖީޓީ ފަދަ އެޕެއް ޑިޒައިންކުރަން. ބޭނުމީ މޫސުން ކިޔައިދޭނެ އެފަދަ އެޕެއް ހަދަން. މިހާރު މި ކިޔަވާ ޕްރޮގުރާމުން އެ ކަންކުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްވޭ." ޔަނާލް ކިޔައިދިނެވެ.

ޔަނާލް ދެކޭ ގޮތުގައި މުސްތަގުބަލުގައި ޓެކްނޮލަޖީގެ ނުފޫޒު މިހާރަށް ވުރެ ވެސް ގަދަވާނެ އެވެ. ޓެކްނޮލޮޖިކަލް އެޑްވާންސާ އެކު ރާއްޖެއަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށާއި އެ ފުރުސަތުތަކުުގެ ބޭނުން ހިފޭނީ ދަ ސާކަލްއިން ކުރިއަށް ގެންދާ އެ ފަދަ ޕްރޮގުރާމުތަކުގެ އެހީގައި ކަމަށް ބުންޏެވެ.

ދަ ސާކަލްގެ ޕްރޮގުރާމްތަކަކީ ޅަ އުމުރެއްގައި ޓެކްނޮލަޖީއަށް އަހުލުވެރިކުރުވާ، ދަރިވަރުންގެ ހުނަރު ތަރައްގީކޮށް، ވިސްނުން ތިޔާގިކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގުރާމުތަކެކެވެ. ކޯޑިން ޕްރޮގުރާމުތަކުގެ އިތުރުން ލީޑަރުން ބިނާ ކުރުމާއި ލިޔުންތެރިކަމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ފަދަ ކަންތައްތައް ތަރައްގީކުރުމުގެ ޕްރޮގުރާމުތައް އަންނަނީ ހިންގަމުންނެވެ.

ނޯޓު: މިއީ ދަ ސާކަލްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.