Roadha Mihaaru
ދަ ސާކަލް: ތައުލީމީ ހަޔާތަށް މުހިންމު ހުނަރުތަކެއް

ތައުލީމީ ހަޔާތަށް މުހިންމު ހުނަރުތައް ދަ ސާކަލްއިން ދަސްކޮށްދެނީ

30 ޖޫން 2023

ތައުލީމީ ހަޔާތުގައި ކާމިޔާބު ދަރިވަރަކަށްވުމަށް ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. ސްކޫލް ދައުރުގަ އާއި ކޮލެޖު، ޔުނިވާސިޓީއަށް ތައްޔާރުވުމުގައި މި ހުނަރުތަކަކީ މުހިންމު ހުނަރުތަކެކެވެ. ދަ ސާކަލްގެ "ލީޑާސް އޮފް ޓުމޯރޯ" ޕްރޮގުރާމަކީ ކާމިޔާބު ދަރިވަރުންތަކެއް ބިނާކުރުމުގައި ދަރިވަރުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީނުތައް ދޭ ޕްރޮގުރާމެކެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތައުލީމީ ހަޔާތުގައި ކާމިޔާބު ދަރިވަރަކަށްވުމަށް ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. ސްކޫލް ދައުރުގަ އާއި ކޮލެޖު، ޔުނިވާސިޓީއަށް ތައްޔާރުވުމުގައި މި ހުނަރުތަކަކީ މުހިންމު ހުނަރުތަކެކެވެ. ދަ ސާކަލްގެ "ލީޑާސް އޮފް ޓުމޯރޯ" ޕްރޮގުރާމަކީ ކާމިޔާބު ދަރިވަރުންތަކެއް ބިނާކުރުމުގައި ދަރިވަރުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީނުތައް ދޭ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމް މިހާރު ފުރިހަމަކުރަމުން އަންނަ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް ހައެއް ނިންމި ދަރިވަރު އައިޝަތު އިވާ ހަސަން ބުނި ގޮތުގައި މިއީ އޭނާ އަށް މުހިންމު ކަންތައްތަކެއް ދަސްކޮށްދެމުން އަންނަ ޕްރޮގުރާމެކެވެ. އެންމެ މުހިންމުކަމެއްގެ ގޮތުން އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމާއި، ލިޔުންތެރިކަމާއި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީކޮށްދޭކަން އިވާ ފާހަގަކުރި އެވެ.

"މި ޕްރޮގުރާމުން ވަރަށް ބޮޑަށް ކޮންފިޑެންސް ބިލްޑްވެއްޖެ. އަދި ޑިބޭޓިން އާއި ޕަބްލިކް ސްޕީކިން ވެސް ދަސްވެއްޖެ. މިއީ މިހަރު ވެސް ސްކޫލްގައި ވަރަށް ބޭނުންތެރި ސްކިލްސްތަކެއް." އިވާ ބުންޏެވެ. އެންމެ މުހިންމުކަމެއްގެ ގޮތުގައި އިވާ ފާހަގަކުރީ ޓައިމް މެނޭޖްކުރަން ދަސްވުމާއި ކަންކަމުގައި ޕޮޒިޓިވްކޮށް ވިސްނަން ދަސްކޮށްދިނުމެވެ.

"ދަ ސާކަލްގެ ވަރަށް ގިނަ ޕްރޮގުރާމުތަކެއް ހަދައިފިން. ވަރަށްބޮޑަށް އައުޓް އޮފް ދަ ބޮކްސް ތިންކިން ދަސްވި މި ޕްރޮގުރާމުތަކުން. އަދި މިހާރު މި ހަދާ ލީޑާސް އޮފް ޓުމޯރޯއިން ވަރަށް ބޮޑަށް ޕޮޒިޓިވްކޮށް ކަންކަމާއި ކުރިމަތިލުމަށާއި، ޕޮޒިޓިވްކޮށް ވިސްނަން ދަސްވި." އިވާ ބުންޏެވެ.

ޗެސްއަށް ކުޑައިރުން ފެށިގެން ލޯބި ހުންނަ އިވާ އަކީ ވިމެންސް ޗެސް ޗެމްޕިއަންޝިޕާއި ވެސްޓަން އޭޝަން ޔޫތު ޗެސް ޗެމްޕިއަންޝިޕާއި އިންޓަނޭޝަނަލް ޗެސް ޓޯނަމަންޓް ފަދަ މުބަރާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ. އިވާ ބުނި ގޮތުގައި ޗެސް ކުޅުމާއި މުބާރަތްތައް ކުޅުމުގައި ވެސް މި ޕްރޮގުރާމުގެ ސަބަބުން ޕޮޒިޓިވްކޮށް ހުރުމަށް އެހީއަކަށްވި އެވެ. އަދި ކިޔެވަމުން މި ކަން ކުރުމުގައި ދެމިހުރުމަށް ޓައިމް މެނޭޖުކޮށް ވަގުތު ރާވާލަންވީ ގޮތް ވެސް ވަރަށް ބޮޑަށް ދަސްވި ކަމަށް އިވާ ބުންޏެވެ.

އިވާާ ޗެސް މުބާރާތެއްގައި.

އިވާާ ޗެސް މުބާރާތެއްގައި.

"ލީޑާސް އޮފް ޓުމޯރޯ އަކީ ކޮންމެ ކެރިއާއެއް ހިޔާރު ކުރިއަސް ބޭނުންވާނެ މުހިންމު ހުނަރުތަކެއް ދަސްކޮށްދޭ ޕްރޮގުރާމެއް. މިއީ ކޮންމެ ސްޓޫޑަންޓަކަށް ވެސް ބެނިފިޓްކުރާނެ ޕްރޮގުރާމެއް." އިވާ ބުންޏެވެ.

އިވާ ބުނިގޮތުގައި ދަ ސާކަލްގެ ޕްރޮގުރާމުތަކުގައި ދޭ ހަރަކާތްތަކަކީ "ރަނގަޅު، ނުބައި" ޖަވާބެއް ނެތް، އެ ކުއްޖެއްގެ އަމިއްލަ ވިސްނުމުގައި ކަންތައްތައް ނިންމައި، އަމިއްލަ ގޮތްތަކެއް ހިޔާރުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ރަނގަޅު ފާހަގައިގެ ބަދަލުގައި، ދަރިވަރުންގެ ޖަވާބުތަކަށް ޓީޗަރުންގެ ކޮމެންޓު ތަފްސީލީ ގޮތެއްގައި ހިމަނާފައި ހުރުމަކީ އަމިއްލަ ވިސްނުން ތަރައްގީވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އިވާ ސިފަކުރި އެވެ.

އިވާ ބުނި ގޮތުގައި ކޮންމެ ހަފްތައަކު އޮންނަ "ތޯޓް އޮފް ދަ ވީކް" އާއި ޕްރޮފެސާ އުގެއިލްއާ އެކު އެކި މައުލޫތަކަށް ހިޔާލު ބަދަލުކުރަން ލިބޭ ފުރުސަތަކީ ޅަފަތުގައި، އެކި މައުލޫތަކަށް ވިސްނާ، ކަންކަމާއި މެދު ޝައުގުވެރިކަން އުފައްދާ ކަމެއް ކަމަށެވެ.

ދަ ސާކަލްގެ ޕްރޮގުރާމުތަކުގެ ސަބަބުން ސަބަބުން ކާމިޔަބު ދަރިވަކަށްވުމުގެ އުއްމީދު އިވާއަށް ވަނީ ލިބިފަ އެވެ.

ދަ ސާކަލްގައި ލީޑާސް އޮފް ޓުމޯރޯގެ އިތުރުން ކޯޑިންގެ ދެ ޕްރޮގުރާމަކާއި ލިޔުންތެރިކަމުގެ ޕްރޮގުރާމެއް ވެސް ހިންގައެވެ. މިއީ ކާމިޔާބު، އިލްމީ ދަރިންތަކެއް ބިނާކުރުމަށް ހިންގާ ޕްރޮގުރާމުތަކެއް ކަމަށް އެ ތަނުން ބުނެ އެވެ.