Roadha Mihaaru
ކޯޑިން އާއި ކްރިއޭޓިވް ތިންކިން ޕްރޮގްރާމެއް

ދަ ސާކަލްގެ ކޯޑިން އާއި ކްރިއޭޓިވް ތިންކިން ޕްރޮގްރާމެއް އަންނަ މަހު

03 ޑިސެމްބަރ 2022

އުގެއިލް ފައުންޑޭޝަނުން ހިންގާ "ދަ ސާކަލް"ގެ "ކޯޑިން އެންޑް ކްރިއޭޓިވް ތިންކިން" ޕްރޮގްރާމަށް ރަޖިސްޓާ ކުރަން ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުގެއިލް ފައުންޑޭޝަނުން ހިންގާ "ދަ ސާކަލް"ގެ "ކޯޑިން އެންޑް ކްރިއޭޓިވް ތިންކިން" ޕްރޮގްރާމަށް ރަޖިސްޓާ ކުރަން ހުޅުވާލައިފި އެވެ.

އެ ޕްރޮގްރަމަކީ 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އެ ކޯސް ކުރިއަށް ދާނީ އަންނަ ޖެނުއަރީން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ދަ ސާކަލްގެ ފޭސްބުކް ޕޯސްޓު. އެ ޕޯސްޓުގައިވާ ލިންކުން ރެޖިސްޓާ ކުރެވޭނެ.

އެ ޕްރޮގްރާމުގައި، އެޗްޓީއެމްއެލް، ޕައިތޯން، ޖާވާ ސްކްރިޕްޓް، ސީއެސްއެސް އަދި ތިންކިން ސްކިލްސް ކިޔަވައިދޭނެ އެވެ. ޕްރޮގުރާމުގައި ކިޔަވާ ދޭނީ ލަންޑަނު ޓިއުޓަރުންނެވެ.

އެ ޕްރޮގްރާމު ކުރިއަށް ދާނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ. ޕްރޮގްރާމުގެ ކްލާސްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު އެވެ. އެ ކޯހުގައި ދަރިވަރުންނަށް ކޮންމެ ހަފުތާއަކު ވެސް މަސައްކަތެއް ހަވާލު ކުރާނެ އެވެ. ހަވާލުކުރާ މަސައްކަތްތައް ހުށަހަޅަން ޖެހޭނީ ކަނޑައަޅާފައިވާ ޕޯޓަލަކަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީ އަކީ 200ރ. އެވެ. ޕްރޮގްރާމުގެ މަހު ފީ އަކީ 500ރ. އެވެ.