27 މެއި 2023
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ ޝަރަފުގައި އދ. މަހިބަދޫ ފުޓްބޯޅަ ދަނޑަށް "ޕެލޭ ސްޓޭޑިއަމް"ގެ ނަމުން ނަން ދީ، ރަސްމީކޮށް ދަނޑު ހުޅުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމާ އެކު މިއަދު މެޗެއް ކުޅެން ތައްޔާރު ވެއްޖެ އެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ ޝަރަފުގައި އދ. މަހިބަދޫ ފުޓްބޯޅަ ދަނޑަށް "ޕެލޭ ސްޓޭޑިއަމް"ގެ ނަމުން ނަން ދީ، ރަސްމީކޮށް ދަނޑު ހުޅުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމާ އެކު މިއަދު މެޗެއް ކުޅެން ތައްޔާރު ވެއްޖެ އެވެ.
މަހިބަދޫ ކައުންސިލުން ބުނި ގޮތުގައި މަހިބަދޫ އަކީ ފުޓްބޯޅައިގައި ގައުމީ ލެވެލްގައި ގިނަ ތަރިންތަކެއް ނެރެދީ، އެ ރަށަކީ ވެސް ރާއްޖޭގެ ބްރެޒިލްގެ ނަމުން މަޝްހޫރު ވެފައިވާ ރަށަކަށް ވެފައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ދިން ފުރުސަތެއްގައި ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކުރަން ނިންމީ އެވެ.
މަހިބަދޫން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފުޓުބޯޅައަށް ނެރެދީފައިވާ ތަރިންނަށް ބަލައިލާއިރު ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ކުރީގެ އެއް ނަމްބަރު ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) ހިމެނެ އެވެ. އިމްރާނަކީ 110 މެޗު ގައުމީ ޓީމަށް ކުޅެގެން، މިހާތަނަށް ފީފާ ސެންޗަރީ ކްލަބުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާ އެވެ.
މީގެ އިތުރުން ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ)، މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ)، މިދުހަތު ފަހުމީ (ބިޗަޑް)، ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ)، އިއްޒަތު އަބްދުލް ބާރީ، އަހުމަދު ނުހާދު (ގުއްޕެ)، މުހައްމަދު ސާމިރު، އަލީ ނަސޫހު ރަޝީދު (ޕިލާ) އަކީ ވެސް މަހިބަދޫއަށް ނިސްބަތްވާ ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ކުޅުންތެރިންނެވެ.
މީގެ އިތުރުން މިހާރު ގައުމީ ޓީމުގެ ކެޕްޓަނަކީ ވެސް މަހިބަދޫގެ ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމު އަދާކުރި އަކުރަމް އަބްދުލް ގަނީ (އަކޫ) އަށް އަނިޔާވެ، އޭނާ މިހާރު ގައުމީ ޓީމާ ދުރަށް ޖެހިލާފައި ވާއިރު ގައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާ ކުރަނީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.
ޕެލޭ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހުގެ ރެއެވެ. އޭނާގެ ބޮޑު ގޮހޮރަށް ޖެހުނު ކެންސަރާ ގުޅިގެން ހާލަތު ގޯސް ވެގެން ހޮސްޕިޓަލުގައި މަހެއްހާ ދުވަހު ފަރުވާދެމުން ދަނިކޮށް، ފުޓްބޯޅަ އާއިލާ ރޮއްވާލާފައި ދުނިޔެ ދޫކުރީ އުމުރުން 82 އަހަރުގަ އެވެ.
ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނި އިންފަންޓީނޯ ވަނީ ކޮންމެ ގައުމެއްގައި ވެސް ޕެލޭގެ ހަނދާނުގައި، ކޮންމެ ގައުމަކުން ވެސް އެއް ސްޓޭޑިއަމަށް އޭނާގެ ނަން ދިނުމަށް އެދިފަ އެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ޓީމެވެ. މިއަހަރު އަލަށް ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި މަހިބަދޫގެ ޒުވާން ކަނާތު ބެކެއް ކަމަށްވާ އިބްރާހިމް އުސާމާ ހަސަން މަޖީދު ހިމެނެ އެވެ.
މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ވެސް ވަނީ ރާއްޖޭގެ އެންމެ މަތީ ލެވެލްގައި ކުޅެފަ އެވެ. އެޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ 2013 ވަނަ އަހަރު ކުޅުނު ޕްރޮމޯޝަން ޕްލޭއޮފްގައި ކާމިޔާބު ހޯދައިގެންނެވެ. އޭގެ ފަހުން 2014 އަދި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ފަހު މިހާރު އެ ކްލަބް އޮތީ ދެވަނަ ޑިވިޝަނުގަ އެވެ. އެޓީމުން ވަނީ 2007 އަދި 2012 ވަނަ އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
މަހިބަދޫގެ ފުޓްބޯޅަ ދަނޑަކީ 2018 ވަނަ އަހަރު ހުޅުވި ދަނޑެކެވެ. އެ އަހަރުގެ ނޮވެމްބަރު 16 ގައި ދަނޑު ހުޅުވީ މަހިބަދޫގެ ޓީމަކާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި އެކުވެރިކަމުގެ މެޗަކުންނެވެ.
މަހިބަދޫގެ ދަނޑަށް ޕެލޭގެ ނަން ދީ، މިއަދު ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗު ފެށުމުގެ ރަސްމިއްޔާތު މެންދުރު 3:15 ގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަ ވެގެންދާނެތަން ފެނޭ: ރާފިއު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު