Roadha Mihaaru
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

27 މެއި 2023

މާލެއިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެއިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓު ކޮށްފައި ވަނީ ރޭ 12:00 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގީ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

ސައިކަލު ދުއްވަން އިނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ޓްރީޓޮޕަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މަންޒަރު ދުށް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.