Roadha Mihaaru
ވިލާގެ ފުރަތަމަ ހާޑްވެއާ ފިހާރަ ހުޅުވައިފި

ވިލާގެ ފުރަތަމަ ހާޑްވެއާ ފިހާރަ ހުޅުވައިފި

26 މެއި 2023

ވިލާ ގްރޫޕުގެ ފުރަތަމަ ހާޑްވެއާ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ގްރޫޕުގެ ފުރަތަމަ ހާޑްވެއާ ފިހާރަ ހުޅުމާލޭގައި ހުޅުވައިފި އެވެ.

"ވިލާ ހާޑްވެއާ" ހުޅުވީ ހުޅުމާލެ ފޭސް 1ގައި ހުންނަ ވިލާގެ ޕެޓްރޯލް ޝެޑުގަ އެވެ.

ވިލާ ގްރޫޕުގެ އޮފިޝަލަކު ވިދާޅުވީ ހާޑްވެއާ ފިހާރައެއް އެ ގްރޫޕުން ހުޅުވީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯރުކޮށްދޭން ކަމަށެވެ. އެ ފިހާރައިގައި ޕްރިމިއަމް ބްރޭންޑްތަކުގެ ޓޫލްސް ރަނގަޅު އަގެއްގައި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ބޭރުގެ މަގުބޫލު ހާޑްވެއާ ޕްރޮޑަކްޓުތައް ރާއްޖެއަށް ތައާރަފްކޮށް، ޑިމާންޑާއި އެއްވަރަށް އެ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެ ދިނުން." ވިލާގެ އޮފިޝަލް ވިދާޅުވި އެވެ.

"ވިލާ ހާޑްވެއާ"އިން ލިބެން ހުރި ޓޫލްސްތަކުގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ކެޓް (ކެޓަޕިލާ) ބްރޭންޑްގެ ޕަވާޓޫލްސް، ޓެކިރޯ އަދި ހެކްޓާ ޓޫލްސް ބްރޭންޑްގެ ހޭންޑްޓޫލްސްތައް ހިމެނެ އެވެ. މި ޓޫލްތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް އެ ތަނުން ލިބޭނެކަމަށް ވިލާއިން ބުނެ އެވެ.

އެކި ވައްތަރުގެ ޓޫލްސް އެތަނުން ލިބޭނެ. -- ފޮޓޯ: ވިލާ

އެކި ވައްތަރުގެ ޓޫލްސް އެތަނުން ލިބޭނެ. -- ފޮޓޯ: ވިލާ

ވިލާ އިން ބުނި ގޮތުގައި އެ ހާޑްވެއާ ފިހާރައިން ލިބެން ހުރި ޕަވަޓޫލްސްއާ އެކު މިހާރު ރާއްޖޭގެ މާކެޓުގައި އާންމު ޕަވަޓޫލްސް ތަކުގެ އެސަސަރީސް ބޭނުން ކުރެވޭނެ އެވެ. އެކަމުގެ ސަބަބުން އަލަށް އެ ބްރޭންޑަށް ބަދަލުވާން ފަރާތްތަކަށް ވެސް އަތުގައި މިހާރު ހުރި އެސަސަރީސް ބޭނުން ކުރެވޭނެ ކަމަށެވެ.

"ވިލާ ހާޑްވެއާ"ގައި ރާއްޖޭގެ މާކެޓުގެ އިތުބާރު އޮންނަ މެލޭޝިއާ ފްލައިވުޑް، މެރިން ފްލައިވުޑް، ކޮމާޝަލް ފްލައިވުޑް އަދި ފިލްމް ފޭސްޑް ފްލައިވުޑް ލިބެން ހުންނާނެ އެވެ. އަދި ކޮންޑިއުޓް ހޮޅީގެ ވައްތަރުތަކާއި އިމާރާތްތައް ހަދާއިރު ކޮންކްރީޓްގެ ތެރެއިން ނަރު އެޅުމަށް ބޭނުންކުރާ ހަރު ހޮޅި އާއި ސީލިންގް މަތިން ނުވަތަ ސިމެންތި ޖަހާއިރު އޭގެ އެތެރެ އިން ނަރު ދައުރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ކޮރެގޭޓެޑް ކޮންޑިއުޓް މަޑު ހޮޅި ވެސް އެ ތަނުން ލިބޭނެ އެވެ.

ވިލާ ހާޑްވެާ ފިހާރަ ހުޅުވީ ހުޅުމާލޭގަ. -- ފޮޓޯ: ވިލާ

ވިލާ ހާޑްވެާ ފިހާރަ ހުޅުވީ ހުޅުމާލޭގަ. -- ފޮޓޯ: ވިލާ

އެ ތަނުން ލިބެން ހުރި އިތުރު ޕްރޮޑަކްޓުތަކުުގެ ތެރޭގައި ލިޓަފްލެކްސް ފިޓިންސް، ހައި ކޮލެޓީ އެކި ސައިޒުގެ ކޭސިން، ކޮމްޕާޓްމަންޓް ޓްރަންކިން، ފްލޯ މަތީގައި ކޭބަލް އަޅާއިރު ރައްކާތެރިކޮށް ބެހެއްޓުމަށް ބޭނުންކުރާ ކާޕެޓް ޓްރަންކިން ހިމެނެ އެވެ.

ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދެ އެވެ.