Roadha Mihaaru
ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބަށް ނުކުންނަނީ

ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބުގައި ވާދަކުރަނީ

17 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ދެންމެ އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ދެންމެ އިއުލާންކޮށްފި އެވެ.

ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން މިއަދު ވަކިވެ ވަޑައިގަތުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފެކްޝަނަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އާ ޕާޓީއެއް އުފައްދަން ނިންމައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކަމަށެވެ.

ފިކުރެއްގެ ދިރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---- މިހާރު ފޮޓޯ/ނިޝާން އަލީ

ފިކުރެއްގެ ދިރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---- މިހާރު ފޮޓޯ/ނިޝާން އަލީ

ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން އެ ބޭފުޅުން އަދި ހާމައެއް ނުކުރައްވަ އެވެ. އިންތިހާބުގައި ނަޝީދު ވާދަ ކުރައްވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރިޔަސް، އެ އަށް ވަކި ޖަވާބެއް އެ ބޭފުޅުން ނުދެއްވަ އެވެ. އަދި ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ބޭނުމަކަށް އިއްތިހާދު ވާން ޖެހޭ ބަޔަކާ އެކު ކުރިއަށް ދާން "ފިކުރެއްގެ ދިރުން" އޮތީ ތައްޔާރަށް ކަމަށެވެ.

ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ އެންމެ އިސް ޓީމުގެ ހުރިހާ މެމްބަރުން އެކުގައި ބޭއްވެވި ނިއުސް ކޮންފަރެންސަކުން ނަޝީދެއް ނުފެނުނެވެ. އެ ހުރިހާ މެމްބަރުން މިއަދު އެމްޑީޕީ ދޫކުރެއްވިޔަސް ނަޝީދު އަދި ހުންނެވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.